އެއްވެސް މީހަކާއި ރައްޓެހިވެގެން ނޫޅެ ކަމުގެ 100 ޕަސެންޓު ޔަގީންކަން ބޮލީވުޑްގެ ބަތަލް ކާރްތިކް އާރްޔަން ދީފި އެވެ.
މިހާރު ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ އަދި މަގުބޫލު ޒުވާން އެކްޓަރަކީ ކާރިތެކެވެ. ދޭތެރެ ދޭތެރެއިން އޭނާ އާއި ބޮލީވުޑްގެ ޒުވާން އަންހެން ތަރިންނާއި ގުޅުވައިގެން ކިޔުމަކީ އާންމު ކަމެކެވެ.
މި ފަހުން ދިން އިންޓަވިއުއެއްގައި ކާތިކްގެ ލޯބިވެރިއަކު ހުރޭތޯ އެހުމުން އިނީ ބުނާނެ އެއްޗެއް ނޭނގިފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ކާތިކު ބުނީ ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އޭނާ މީހަކާއި ރައްޓެހި ނުވާނެ ކަމަށެވެ.
މިހާރު ޑައިރެކްޓަރު ސާޖިދު ހާނާއި އެކު މަސައްކަތް ކުރާއިރު ކުރިޔަށް އޮތް ދެ އަހަރު ފޯކަސް ކުރާން ނިންމާފައިވަނީ ހަމައެކަނި ފިލްމީ މަސައްކަތްތަކަށް ކަމަށެވެ. އެހެން ކަމުން އަންހެން އެކުވެރިއެއް ނުވަތަ ބަތަލާއެއް ކޮފީއަކަށް ދާން ބުންޏަސް ދިއުން ނޯންނާނެ ކަމަށް ކާތިކު ބުންޏެވެ.
އޭނާ ބުނީ ބަތަލާއިންނާއި އަޅުވައިގެން އޭނާގެ ނަން ގެނެސް ގުޅުން އޮންނަ ކަމަށް ބުނެ ވާހަކަ ދައްކަނީ ބޭރަށް ކޮފީތަކަށް ގޮސް ހަދާތީ ކަމަށެވެ. އެގޮތަށް ދަނީ ކޮފީ ބޯން ހުންނަ ޝައުގެއްގެ ބޮޑު ކަމުން ކަމަށާއި އޭގެ މާނައަކީ އެކުގައި ދާ ކޮންމެ އަންހެނަކާއި ގުޅުން އޮންނަނީ ނޫން ކަމަށް ކާތިކް ބުންޏެވެ.
ކާތިކް ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނާ ތަރިންނަކީ ސާރާ އަލީ ހާން އާއި އަނަންޔާ ޕާންޑޭ އެވެ.
އޭގެ ތެރެއިން ސާރާ އާއި ކާތިކް ރައްޓެހިވި ކަމަށްވަނީ 2020 ވަނަ އަހަރު ރިލީޒް ކުރި ދެމީހުންގެ ފިލްމް "ލަވް އާޖް ކަލް" ގެ މަސައްކަތުގެ ތެރެއިންނެވެ. އޭގެ ފަހުން އަނަންޔާ އާއި ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވީ މިދިޔަ އަހަރު ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް