އަމްރުގެ އަނބިކަނބަލުން އަފްޝަންގެ ތާއީދުވެސް ނަޝީދަށް

ދެ ރައީސުން ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފްގެ ތާއީދުވެސް ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީ...

23 Jan 2023 | 03:27

ދެ ރައީސުން ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުގެ އަނބިކަނބަލުން އަފްޝަން ލަތީފްގެ ތާއީދުވެސް ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދަށް އޮތްކަން ހާމަވެއްޖެއެވެ.

ރޭ ބިލަބޯންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ނަޝީދަށް ތާޢީދުކޮށް އަލަށް ކެމްޕޭނާ ގުޅުނު ޓީމުތަކާއި ވޯޓުލާ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ނަޝީދު ބޭއްވި ބައްދަލުވުމުގައި އަފްޝަން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމާއި އަމްރުގެ އަނބިކަނބަލުން އަފްޝަން ގުޅިވަޑައިގެންފައި މިވަނީ، ޕްރައިމަރީގައި ނަޝީދަށް އަމްރު ތާއީދު ކުރައްވާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަފްޝަން އަކީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އެވެ.

މީގެ އިތުރުން ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ޕާޓީގެ ބައެއް މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ އިސް މަގާމެއްގައި ހުރި ބޭފުޅެއްގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތައް ހުއްޓުމަކަށް ނާންނާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ހާމަކުރާ ގޮތުގައި މިރޭ ބިލަބޯންގް އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި މިބައްދަލުވުމަކީ ވޯޓުގެ ކުރިން މާލޭގެ ރައްޔިތުންނާއި މިގޮތަށް ރައީސް ނަޝީދު ބައްދަލު ކުރައްވާ ފަހު ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް