ނެއްލައިދޫން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހދ. ނެއްލައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެކަން ހާމަކޮށް އެ ރަށު ކައުންސިލުން ބުނެފައިވަނީ އެރަށު “ބީޗްވިލާ” ގޭގައި ހޯމް ކަރަންޓީނުގައި ތިބި 05 ބޭފުޅުން 22...

23 Jan 2021 | 14:06

ހދ. ނެއްލައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަން ހާމަކޮށް އެ ރަށު ކައުންސިލުން ބުނެފައިވަނީ އެރަށު “ބީޗްވިލާ” ގޭގައި ހޯމް ކަރަންޓީނުގައި ތިބި 05 ބޭފުޅުން 22/01/2021 ނެގި ސާންޕަލް ކޮވިޑް19 އަށް ފައްސިވުމާއި ގުޅިގެން  ހޯމް ކަރަންޓީނު މުއްދަތު 14 ދުވަސް އިތުރު ކުރެވިފައިވާ ވާހަކަ މައުލޫމަތައްޓަކައި ދަންނަވާކަމަށެވެ.

އިތުރަށް މިކަމުގެ މައުލޫމާތު ދުވަހަށް ދެއްވަމުން އެ ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ އެމީހުން ހޯމް ކަރަންޓީނުގައި ތިބިނަމަވެސް ކޮންމެވެސް ސިފައެއްގައި ބައްދަލުވި ބަޔަކު ރަށުގައި ތިބެދާނެ ކަމަށް ބެލެވޭތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިރޭ ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް