ކޮވިޑާއި ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ޝުކުރު އަދާކުރައްވައިފިއެވެ.
އޭނާގެ މި ޝުކުރު އަދާކޮށްފައިވަނީ މިއަދު ކުރެއްވި ޓްވީޓްގައެވެ.
އެ ޓްވީޓްގައި އަދަނޮމް ވިދާޅުވެފައިވަނީ ކޮވިޑާ ދެކޮޅަށް އިންޑިއާ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވަމުންގެންދަވާ މަސައްކަތަށް ޝުކުރުއަދާކުރާކަމަށާއި ކޮވިޑުން ސަލާމަތްވެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.
https://twitter.com/DrTedros/status/1352900489176903681
އިންޑިއާއިން އަންނަނީ ކޮވިޑު ވެކްސިން އެ ގައުމުގެ އިތުރުން، އަވަށްޓެރި ގައުމުތަކަށްވެސް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް