ރާއްޖެއަށް މަސްތުވާތަކެތި ފޯރުކޮށްދޭ ބައިނަލް އަގުވާމީ ބޮޑު ނެޓްވޯކެއްގެ އިސް ދެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ އަސްލު އޮޅުވާލައިގެން އެކި ގައުމުތަކަށް ދަތުރު ކުރާ އަވައްޓެރި ސްރީލަންކާގެ ދެ މީހުންނެވެ. އެއީ އެމްއެމްއެމް ނަވާސް އާއި މުހައްމަދު އަފްނަސް ކިޔާ ދެ މީހުންނެވެ.
އެ މީހުން ހައްޔަރު ކުރީ އިންޑިއާގެ ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީންނެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެމީހުން ވަނީ މީގެ ކުރިން އެތައް ފަހަރަކު އަސްލު އޮޅުވާލައިގެން ޗެންނާއީއަށް އެތެެވެފައި އެވެ.
އެ ދެމީހުން ހައްޔަރު ކުރީ ކަނޑުމަގުން އިންޑިއާއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތިތަކެއް އިންޑިއާގެ ކަނޑުގެ ސިފައިން އަތުލައިގަނެ ހޯދި މައުލޫމާތަުތަކެއްގައި އެވެ. އެ ބޯޓުން މަސްތުވާތަކެއްޗާއި އެކު ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 100 ކިލޯގެ ހެރޮއިން ހިމެނެ އެވެ. އޭގެ މަގުމަތީ އަގު 1،000 ކްރޯޑް އިންޑިއަން ރުޕީސް އަށް އަރާނެ ކަމަށް ބުނެ އެވެ.
ބޯޓުން ހައްޔަރު ކުރި މީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދެނީ އީރާނާއި އަފްގާނިސްތާނާއި އަދި ޕާކިސްތާނު ބައެކެވެ. އެތަކެތި ބޯޓަށް ބަރުކުރަނީ އާއްމު ގޮތެއްގައި ޕާކިސްތާނާއި އީރާނުގެ ބަނދަރުތަކުންނެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނީ އެ ދަތުރުތަކުގައި ލަންކާ އާއި ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށެވެ. އަދި ދެގައުމަށް މަސްތުވާތަކެތި ފޮނުވުމަށް އެހެން ބޯޓުތަކަށް އަރުވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުން ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް