ކ. އަތޮޅުގައި ހިންގާ ވަަލްޑޯފް އޮސްޓްރިއާ މޯލްޑިވްސް އިތާފުށިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ދީފި އެވެ.
ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ރިސޯޓު ވޯކާސް މޯލްޑިވްސް އިން ބުނީ އިތާފުށީ މުވައްޒަފުންނަށް މިމަހު 51،502 ރުފިޔާ (3،340 ޑޮލަރު) ދީފައިވާ ކަމަށެވެ. މި ރިސޯޓު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ.
މި ރިސޯޓަކީ ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓް ބްރޭންޑެއްކަމަށްވާ ވޮލްޑޯފް އެސްޓޯރިއާއިން ތަރައްޤީކުރި ރިސޯޓެކެވެ.
ކޯވިޑަށް ފަހު ރާއްޖެ އަންނަ ޓޫރިސްޓުން އެއް މަހުން އަނެއް މަހަށް ދަނީ ވަރަށް ބޮޑަށް އިތުރު ވަމުންނެވެ. ހަމަ އެއާއި އެކު މީގެ ކުރިން މުވައްޒަފުން ބޮޑު ސާވިސް ޗާޖެއް ދެމުން އަންނަ ރިސޯޓުތަކުން ވަނީ އެ ރިސޯޓުތަކުން ދޭ ސާވިސް ޗާޖު އިތުރު ކުރަން ފަށާފައި އެވެ.
އެގޮތުން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން މި މަހު ސާވިސް ޗާޖުގެ ގޮތުގައި46،367 ރުފިޔާ (3،007 ޑޮލަރު) ދީފައިވެ އެވެ. އަދި އަނަންތަރާ ކިހަވަށް ރިސޯޓުން ސާވިސް ސާޖުގެ ގޮތުގައި 32،342 ރުފިޔާ (2،907 ޑޮލަރު) ދީފައިވެ އެވެ.
ރާއްޖޭގައި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ރަނގަޅު އަދަދެއް ދެނީ މަދު ރިސޯޓެއްގައި އެވެ. ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ނުދޭ މައްސަލަ އަކީ ވަރަށް އިން ދިމާވާ މައްސަލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް