ބަރަހަނާކޮށް އިސްލާމީ މަރުކަޒަށް ވަތް މީހާ ދޫކޮށްލައިފި އެމީހާގެ ނަފްސާނީ މައްސަލަ ހުރޭ

ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަނީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު އެވެ. މި މައްސަލައިގަ ހައްޔަރު...

23 Jan 2021 | 07:07

ބަރަހަނާ ހާލުގައި އިސްލާމީ މަރުކަޒަށް ވަނީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ހާއިރު އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފަިއވަނީ ބަންގްލަދޭޝް ރައްޔިތެކެވެ.

ފުލުހުން މިއަދު ބުނީ އެމީހާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ އެމީހާގެ ސްޕޮންސަރާއި ގުޅިގެން އެމިހާ އަނބުރާ ގައުމަށް ފުރުވާލުމުގެ މަސައްކަތް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެމީހާގެ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަން އެނގިފައިވާ ކަމަށެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުޅުމާލޭ މިސްކިތެއްގައި ނަމާދަށް ހުރި މީހަކަށް އިންޑިއާ މީހަކު ހަމަލާދީފައިވެ އެވެ. އެގޮތުން ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހާގެ ކަރުގައި ބިދޭސީ މީހާ ހިފުމުން ސަލާމަތް ކޮށްދިނީ މިސްކިތުގައި އެވަގުތު ތިބި މީހުންނެވެ.

މި މައްސަލައިގަ ފުލުހުްނ ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ10 ދުވަސް ޖަހައިދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް