އެކްޝަން ފިލްމުތަކަށް އިންތިޒާރު ކުރާ ފަރާތްތަކުން ބޮލީވުޑްގެ ފިލްމު "ބައްޗަން ޕާންޑޭ" އަށް ކުރަމުން އަންނަ އިންތިޒާރު ނިމުމަކަށް އަންނަން ކައިރިވެއްޖެ އެވެ.
ކޯވިޑާއި ގުޅިގެން މެދުކަނޑާލުމަށް ފަހު އަލުން މަސައްކަތް ފަށައި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ އިއްޔެ އެވެ. އެކަމަކު އެކި ސަބަބުތަކާއި ހެދި ފިލްމު ރިލީޒް ކުރެވިފައި ނުވާއިރު ފިލްމު ދެން ރިލީޒް ކުރާނެ ތާރީހެއް ޕްރޮޑަކްޝަން ޓީމުން ހާމައެއް ނުކުރެ އެވެ.
ފިލްމުގެ ލީޑް އެކްޓަރު އަކްޝޭ ކުމާރު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ "ބައްޗަން ޕާންޑޭ" މިހާރު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާއި ދިމާކޮށް މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެކަމަކު މި ފިލްމު ރިލީޒް ކުރަނީ އިންޓަނެޓް މެދުވެރިކޮށް ކަމެއް ނުވަތަ ސިނަމާތަކުގައި ކަމެއް އޭނާ ނުބުނެ އެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރަކީ ސާޖިދް ނަދިއަދުވާލާ އެވެ. މި ފިލްމަކީ ސާޖިދް އާއި އެކު އަކްޝޭ މަސައްކަތް ކުރާ 10 ވަނަ ފިލްމެވެ.
މީގެ ކުރިން މަސައްކަތް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ހައުސް ފުލް ސީރީޒް އާއި "މުޖްސޭ ޝާދީ ކަރޯގީ" ހިމެނެ އެވެ.
މި ފިލްމުގައި އަކްޝޭގެ އިތުރުން ފެނިގެންދާނީ އަރުޝަދު ވަރުޝީ އާއި ކްރިތީ ސެނޯން، ރިތޭޝް ދޭޝްމުކް، ޖެކޮލިން ފެނާންޑޭޒް އަދި ބޮބީ ޑިއޯލް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް