ފިޒީ ބުއިންތަކުން ކުޑަކުދިންނަށް ނޭދެވޭ އަސަރު ކުރޭ: ދިރާސާ

ގިނަ މީހުންނަށް ހީވެފައި އޮންނަނީ ފިޒީ ބުއިންތަކަކީ ވަރަށް ފައިދާ ހުރި އެއްޗެއް ކަމަށެވެ. ނަމަވެސް ވިސްނާލަން ޖެހޭ ހަގީގަތަކީ މިއީ އެއް ނޫނެވެ. މިފަދަ ބުއިން ތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވެއެ...

23 Jan 2021 | 04:01

ގިނަ މީހުންނަށް ހީވެފައި އޮންނަނީ ފިޒީ ބުއިންތަކަކީ ވަރަށް ފައިދާ ހުރި އެއްޗެއް ކަމަށެވެ. ނަމަވެސް ވިސްނާލަން ޖެހޭ ހަގީގަތަކީ މިއީ އެއް ނޫނެވެ. މިފަދަ ބުއިން ތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވެއެވެ. އެހެން ކަމުން ބޯލަން އަނގަޔަށް މީރުނަމަވެސް މިއީ ރައްކާތެރި ބުއިމެއް ނޫނެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި މިފަދަ ބުއިންތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރު މާ ބޮޑެވެ. އެގޮތުން ކުޑަކުދިން މިފަދަ ބުއިންތައް ބޯނަމަ ކުދިންގެ އުޅުމަށް ބަދަލު އަންނަމ ކަމަށް ދިރާސާގައި ވެއެވެ.

ކުދިންގެ އުޅުމަށް ފިޒީ ބުއިންތަކުން އަސަރު ކުރުވާއިރު މިއީ ކުދިން އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަަލައާއި ވެސް ކުރިމަތިލާން ޖެހޭ އެކައްޗެކެެވެ. އަދި ދަތްފަނި ކެއުމާއި ހަކުރު މައްޗަށް ދިއުންފަދަ ކަންތަކާއި ފިޒީ ބުއިންތަކާ ގުޅިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާ ތަކުގައި ބުނެފައިވަނީ ގިނަ އަދަދަކަށް ހަކުރު ހިމެނޭ ފިޒީ ބުއިންތައް ބޯ ކުދިންގެ ސިއްހަތަށް ގެއްލުން ވުމުގެ އިތުރުން އެކުދިންގެ މޫޑް ބަދަލުވެ ބޮޑާ ހާކާލެއް އިތުރުވާ ކަމަށެވެ. އަދި މިއީ ސީރިއަސް މައްސަލަ އެއް ކަމަށެވެ.

ބައެއް ބެލެނިވެރިންގެ އާދަ ހުންނަ ގޮތުން ކުދިން ބޮޑާ ހާކާލާއިރަށް ފިޒީ ކޮންމެވެސް ކަހަލަ ބުއިމެއްދެ އެވެ. އަދި އުމުރުން ކިރިޔާ އެއް އަހަރުވާ ކުއްޖާއަށް ވެސް ފެން އަޅާ ތަޣައްޔަރުކޮށްފައި ނަމަވެސް މިފަދަ ބުއިންތައް ބައެއް ފަހަރު ދޭތަން ފެނެ އެވެ. މިއީ ދުރުވާން ވެއްޖެ އާދައެކެވެ. ސަބަބަކީ ނޭންގި ނަމަވެސް ދަރިފުޅުގެ ހިތްރުއްސުމުގެ ގޮތުން ތިކުރެވެނީ ދަރިފުޅުގެ ސިއްހަތަށާއި އުޅުމަށް އަސަރު ކުރާ ވަރުގެ ކަމެކެވެ.

ކޮލަމްބިއާގެ ޔުނިވަސިޓީ އެއް ކަމަށްވާ މިލަމަން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ފިޒީ ބުއިންތައް އާންމުކޮށް ބޯކުދިން ބޮޑާ ހޭކުމުގެ އިތުރަށް ބަސް ނޭހުމާއި އެއްޗެހި ހަލާކުކޮށް އެހެންކުދިންނާ ތަޅާފޮޅާހަދާ މިންވަރު އިތުރު ކަމަށެވެ.

އެ ދިރާސާ ބުނެފައިވާ ގޮތުން ކުދިންގެ އުޅުމުަށް ބަދަލު އަންނަނީ މިފަދަ ބުއިންތަކުގައި ހިމެނޭ ކާބަނޭޓެޑް ވޯޓާ އާއިި ކެފެއިން އާއި ސިޓްރިކް އެސިޑްގެ އިތުރުން ސޯޑިއަމް އާއި ފޮސްޕޮރިކް ފަދަ އެއްޗެހީގެ ސަބަބުންނެވެ. އަދި ކެފެއިންގެ އަސަރު ކުރުމުން ކުދިންގެ ހޯމޯންސް އަށް ވަރަށް ބޮޑަށް ބަދަލު އަންނަ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. އަދި މިއީ ކުދިންގެ ސިކުނޑި ހެދި ބޮޑުވާއިރު ވަރަށް ބޮޑަށް އަސަރު ކުރާ ކަމެއް ކަމަށް ވެސް އެ ދިރާސާގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް