ރައީސް ސޯލިހު ލ. އަތޮޅުގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ވަޑައިގެންފި އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ލ. އަތޮޅުގައި މާދަމާ ބާއްވާ ޓީއެފްޖީ ރަންގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި...

23 Jan 2020 | 18:19

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ލ. އަތޮޅުގައި މާދަމާ ބާއްވާ ޓީއެފްޖީ ރަންގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ނުރަސްމީ ދަތުރުފުޅެކެވެ.

މި ދަތުރުފުޅާއި ގުޅޭ އެއްވެސް މައުލޫމާތެއް ރައިސް އޮފީހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އާންމުކޮށް ނުރަސްމީ ދަތުރުފުޅެއް ރައީސް ކުރެއްވިޔަސް އެކަން ރައީސް އޮފީހުން ހާމަ ކުރެ އެވެ.

ޓީއެފްޖީން އަންނަނީ އައްޑޫގައި، "ރަން އިން އައްޑޫ" އަދި ހުޅުމާލޭގައި، "ލޯންގް ރަން" ވެސް ބާއްވަމުންނެވެ

"ރަން އިން ލާމު" ފަށާނީ މާދަމާ ރޭގެ މެންދަމު އެވެ. އެންމެ ފުރަތަމަ އޮންނާނީ 42 ކިލޯމީޓަރު ދުވަން ޖެހޭ ފުލް މެރެތަން އެވެ. އޭގެ ފަހުން ހާފް މެރެތަން، 10 ކިލޯމީޓަރު ދުވުން އަދި ފަސް ކިލޯމީޓަރު ދުވުން ވެސް އޮންނާނެ އެވެ.

މިދިޔަ އަހަރުވެސް ލ. އަތޮޅުގައި ބޭއްވި މި ރަންގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް