ގްރޫޕަކުން17 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ މެދުރާއްޖެ ތެރޭގެ ރަށަކުން މިރޭ ކަމަށެވެ. އެ ކުއްޖާ ރޭޕް ކުރުމުގައި ތިން ފިރިހެނުން ބައިވެރިވިކަމަށް ފުލުހުން ބުނެ އެވެ.
އެ ކުއްޖާ ރޭޕްކޮށްފައިވަނީ އިއްޔެ ރޭ8:15 ހާއިރު ކަމަށްވެ އެވެ. މި މައްސަލައިގެ އިތުރު ތަފްސީލް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގައި އިއްޔެ ސިފައިންގެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް