އުފެދުމުގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ވިސާ ހަމަޖައްސައި ދޭން އޮސްޓްރޭލިއާ ސަރުކާރުން ދެކޮޅުހެދި ދިވެހި ކުއްޖެއް ކަމަށްވާ ކައިބާންް ޖަމްޝާދަށް އެންމެ ފަހުން އެ ގައުމުގެ ވިސާ ދޭން ނިންމައިފި އެވެ.
މިދިޔަ އަހަރުގެ ފަހު ހައެއްގަ މަސްދުވަހު ކައިބާންގެ އާއިލާއިން ވަނީ އޭނާއަށް ވިސާ ހަމަނުޖެހިގެން އެތައް މަސައްކަތެއްކޮށްފައި އެވެ. އަދި "ސޭވް ކައިބާން" ގެ ނަމުގައި އޭނާއަށް ވިސާ ހަމަޖައްސައިދިނުމަށް އޮސްޓްރޭލިއާ ސަރުކާރަށް ގޮވާލާ އިންޓަނެޓްގައި ޕެޓިޝަނެއްގައިވެސް ސޮއި ކުރި އެވެ.
ކައިބާންއަށް ވިސާ ހަމަޖެހިގެންދިޔައީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެވެސް އެއްބާރުލުމާއި އެކު އެވެ. މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ކައިބާންއަށް ވިސާ ހަމަޖައްސައިދިނީތީ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު މަރީސް ޕޭން އަށް ޝުކުރު އަދާކުރައްވާފަ އެވެ.
https://twitter.com/abdulla_shahid/status/1220283134018646017
އޮސްޓްރޭލިއާގައި އުފަންވި، ކައިބާން އަކީ ހިމޮފީލިއާގެ އިތުރުން އުފެދުމުގައި ވެސް ސިކުނޑި އަށް ގެއްލުންތައް ލިބިފައިވާ ކުއްޖެކެވެ.
އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނުތައް އޮންނަ ގޮތުން ސިއްހީ ބޮޑު މައްސަލައެއް ހުންނަ މީހުންނަށް ވިސާ ނުދިނުމާއި އެ ގައުމުގެ ރައްޔިތުކަން ނުދީ ހިފެހެއްޓެ އެވެ.
އޮސްޓްރޭލިއާގައި ދިރިއުޅޭ ކައިބާންގެ އާއިލާގެ އާދޭސްތައް އަޑު އަހައި އެ ގައުމުގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބައްދަލު ކުރެއްވުމަށް ފަހު، ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންސާނިއްޔަތަށްޓަކައި އެ ކުއްޖާ އަށް ވިސާ ދިނުމަށް އެ ބައްދަލުވުމުގައި އެދިވަޑައިގެންނެވި ކަމަށެވެ.
ކައިބާންގެ މަންމައަކީ އޮސްޓްރޭލިއާގައިމ ަސައްކަތް ކުރާ ސޯޝަލް ވޯކަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް