އައިޖީއެމްއެޗަށް ގެންދިއުމުން ފިލި ގައިދީ ހައްޔަރުކޮށްފި

މިއަދު ހެނދުނު އައިޖީއެމްްއެޗަށް ހެލްތް ސްކްރީން ކުރުމަށް ގެންދިޔުމުން ފިލި ގައިދީ ހައްޔަރުކޮށްފި އެވެ. ޓީބީ ކްލިނިކްގައި ޓެސްޓެއް ހަދަން ވެއްދި ގަޑީގައި ކުޑަދޮރުން ފުންމާލައިގެން ފިލީ ގދ. ރަތަފަންދޫ ...

23 Jan 2020 | 09:59

މިއަދު ހެނދުނު އައިޖީއެމްްއެޗަށް ހެލްތް ސްކްރީން ކުރުމަށް ގެންދިޔުމުން ފިލި ގައިދީ ހައްޔަރުކޮށްފި އެވެ.

ޓީބީ ކްލިނިކްގައި ޓެސްޓެއް ހަދަން ވެއްދި ގަޑީގައި ކުޑަދޮރުން ފުންމާލައިގެން ފިލީ ގދ. ރަތަފަންދޫ އުމުރުން24 އަހަރުގެ އައިސަރު ނަސީމް އެވެ. އޭނާ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެވެ.

މޯލްޑިވްސް ކަރެކްޝަނަލްސްގެ މީޑިއާއިން ބުނީ ފުލުހުންގެ އެހީތެރި ކަމާއި އެކު އައިސަރު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ މެންދުރު ފަހު2:10 ހާއިރު ކަމަށާއި މިހާރު އައިސަރު ހުރީ އެމްސީއެސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

https://twitter.com/Corrections_Mv/status/1220281227585835009

އޭނާ ފިލީ މިއަދު ހެނދުނު އެވެ.

ގައިދީން ޑޮކްޓަރަށް ދައްކަން ދާއިރު ސެކިއުރިޓީ ބަހަލައްޓަން ކަރެކްޝަންސްގެ އޮފިސަރުން ތިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް