ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލަކަށް ގެއްލުންވެއްޖެ

މިއަދު ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލަކަށް ގެއްލުން ވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 7:25 ހާއިރުގައެވެ. ފުލުހުން ބުނެފައިވާގޮތުގައި...

23 Jan 2020 | 08:06

މިއަދު ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލަކަށް ގެއްލުން ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 7:25 ހާއިރުގައެވެ. ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކާރެއް ކޮންޓްރޯލު ނުވެ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހިގެންނެވެ.

ހުޅުމާލޭ ޗަނބޭލީ ހިނގުމުން އުތުރަށް ދުއްވާފައި ދިޔަ މި ކާރު ކޮންޓްރޯލުން ނެއްޓީ ޔޫޓާނެއް ނަގަން އުޅުމުގެ ތެރޭގައި ރޭސް ޕެޑަލަށް ފިތިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެއެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް