މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްގެން އުޅެނިކޮށް ފިލައިފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އެކަމުގެ ރިޕޯޓު އެމްސީއެސް އިން އެ އިދާރާއަށްކޮށްފައިވާ ކަމަށެވެ. އަދި ގައިދީ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
ފިލާފައިވަނީ ގދ. ރަތަފަންދޫ، އުމުރުން24 އަހަރުގެ އައިސަރު ނަސީމް ކިޔާ ގައިދީ އެކެވެ. އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައިގަ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
https://twitter.com/Corrections_Mv/status/1220234662330503168
އޭނާ ފިލާފައިވަނީ ހެލްތް ސްކްރީނިންއަށް ހޮސްޕިޓަލުގެ ޓީބީ ކްލިނިކަށް ގެންގޮސްގެން އުޅެނިކޮށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ ފިލީ ފަރުވާގެ ބޭނުމަށް ބިޑި ނައްޓާލައި، ސާމްޕަލް ނަގާ ކޮޓަރި އަށް ވެއްދި ވަގުތު ކުޑަދޮރަކުން ފުންމާލައިގެން ކަމަށެވެ. އޭރު އޭނާ ހުރީ ކުލަ ހެދުމުގައި އެވެ.
ގައިދީން ޑޮކްޓަރަށް ދައްކަން ދާއިރު ސެކިއުރިޓީ ބަހަލައްޓަން ކަރެކްޝަންސްގެ އޮފިސަރުން ތިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް