ނޯވެލް ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެތީ އެކަން ދެނެގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ބެހެއްޓިފަހުން މިހާތަނަށް އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ޗައިނާގައި ހަލުވިކަމާއި ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށްް ނުވަ މީހުން ވަނީ މަރުވެފައި އެވެ. އެ ވައިރަސް މިހާރު އެމެރިކާއިން ފެނިފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކުގައި ބަލި ދެނެގަނެވޭނެ ނިޒާމުތައް ދަނީ ގާއިމް ކުރަމުންނެވެ.
ރާއްޖޭގައި ކެމެރާ މެދުވެރިކޮށް ބަލިޖެހިފައިވާ މީހުން ދެނެގަންނަން ފެށީ އިއްޔެ އެވެ.
އެޗްޕީއޭއިން ބުނީ ވީއައިއޭގައި ބަހައްޓާފައިވާ ތާމަލް ކެމެރާއިން ހުން ހުރި މީހުންނާއި، އެމީހުންގެ ހާލަތު ދެނެގަންނާނެ ކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި ހުން އައިސްހުރި ނަމަ އޭގެ މައުލޫމާތުވެސް ކެމެރާއިން ދެނެގަންނާނެ ކަމަށެވެ.
https://twitter.com/HPA_MV/status/1220192025980690434
މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައި ނުވިނަމަވެސް ދިވެހިން ޗައިނާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި އެވެ. އަދި ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަށް ވާތީ ބައްޔަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.
ނޯވެލް ކޮރޯނާ ވައިރަސް އަކީ އާންމުކޮށް ޖަނަވާރުންގެ ގައިން ފެންނަ ވައިރަސް އެކެވެ. އިންސާނެއްގެ ގަޔަށް އެރިޔަސް އެހެން މީހުންގެ ގަޔަށް ނާރާ ވައިރަސްއެއް ކަމަށްވެ އެވެ.
އެކަމަކު މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ގައިންގަޔަށް އަރާ ކަމަށް ޗައިނާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް