އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕު ކުރިކަމުގެ ތުހުމަތުގައި މިރޭ ހައްޔަރުކުރީ ސިފައިގެން މީހެއްކަން ދުވަހަށް ކަށަވަރު ކުރެވިއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގާ މިރޭ ހައްޔަރުކޮށްފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގައި މަސައްކަތްކުރާ ސިފައިންގެ މީހެކެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި 14 އަހަރުގެ އަންހެން ކުއްޖަކާއިމެދު ޖިންސީގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި އަދި ރޭޕް ކުރުމުގެ ތުހުމަތުގައި މިރޭ 06:30 ހާއިރު 36 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ޕޮލިހުން ބަލަމުންދާ މައްސަލައެއްގަ ސިފައިންގެ ބޭކަލަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމުގެ މައުލޫމާތު ރަސްމީކޮށް ފުލުހުން ސިފައިންނަށް ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް