އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަކޮށް އެމްފައިސާއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނަކީ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން އަނބުރާ ފައިސާ ލިބޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން، އެ ދައްކާ ފައިސާގެ ފަސް ޕަސެންޓު އަނބުރާ ލިބޭނެއެވެ.
މިގޮތަށް އަނބުރާ ލިބޭ ފައިސާ ޖަމާވާނީ އެމްފައިސާ ވޮލެޓަށެވެ.
އުރީދޫން ބުނީ އެމްފައިސާ މެދުވެރިކޮށް އުރީދޫ ބިލާއި، ކަނޑައަޅާފައިވާ ރެސްޓޯރެންޓުތަކާއި ފިހަރާތަކުގެ ބިލު ދެއްކޭނެ އެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނާއި ގުޅޭ އިތުރު މައުލޫމާތު އުރީދޫ އެޕުން ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް