އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާޓުން ސޮއި ކުރެއްވީ ސީއީއޯ އާ...

22 Dec 2021 | 14:16

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާޓުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

އެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކޮށްފައިވާ 1،200 ކިއުބިކް މީޓަރުގެ ލޭންޑް ފިލްކުރުމަށް ހަމަޖެހިފަވެ އެވެ. އަދި 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރީޓް ގާ ޖެއްސުމާއި 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ވާ އައްސާ މޫރިން ބޮލާޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މއީ ީ210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މިއީ 4.59 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް