ބޯނީ ކަޕޫރުގެ ފުރަތަމަ "ކްރަޝް" ދައްކާލައިފި، ހަގު ދަރިފުޅު ދިނީ ލައިކެއް!

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރު އެންމެ ފުރަތަމަ ގަޔާވި އަންހެނާ ނުވަތަ "ކްރަޝް" އާންމުންނަށް ދައްކާލައިފި އެވެ. ބޯނީ އަކީ ބޮލީވުުޑްގެ ކުރީގެ ބަަތަލާ ސްރީދޭވީގެ ފިރިމީހާ އެވެ. ޝްރީދޭވީ މަރ...

22 Dec 2021 | 11:53

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރު އެންމެ ފުރަތަމަ ގަޔާވި އަންހެނާ ނުވަތަ "ކްރަޝް" އާންމުންނަށް ދައްކާލައިފި އެވެ.

ބޯނީ އަކީ ބޮލީވުުޑްގެ ކުރީގެ ބަަތަލާ ސްރީދޭވީގެ ފިރިމީހާ އެވެ. ޝްރީދޭވީ މަރުވެފައިވާއިރު އެ ދެމީހުންގެ ދެ ދަރިންގެ ތެރެއިން ޖާންވީ ކަޕޫރަކީ ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ އެކެވެ.

ބޯނީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ހުރީ ކުރީގެ ފިލްމީ ތަރި ޝަރްމީލާ ތަގޯރާއި އެކު ފޮޓޯއަކަށް ހުއްޓިލައިގެންނެވެ. އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ބުނެފައިވަނީ އެއީ ފުރަތަމަ ކްރަޝް ކަމަށެވެ. އަދި ލަވް އިމޯޖީއެއް ޖަހާފައިވެ އެވެ.

މި ފޮޓޯއަށް ލައިކް ދިން މީހުންގެ ތެރޭގައި އޭނާ އާއި ޝްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރު ހިމެނެ އެވެ. އިތުރު މީހުން ކޮމެންޓުކޮށްފައިވާއިރު ބައެއް ކުރީގެ ފަންނަނާނުން އެ ފޮޓޯ އާއި ގުޅިގެން ބުނެފައިވަނީ ޝަރްމީލާ އަކީ ކުރީގެ މަޝްހޫރު ފިރިހެނުންގެ މެދުގައި މަގުބޫލު މީހެއް ކަމަށާއި ކޮންމެ މީހަކުވެސް އޭނާ ބޭނުންވެގެން އުޅެފައިވާ ކަމަށެވެ.

https://www.instagram.com/p/CXuJRIQMNQN/

ބޯނީއަށް ޝަރުމީލާ ނުލިބުނަސް ދެމީހުންގެ ކެރިއަރުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ. އަދި އެމީހުންގެ ދަރިންވެސް ދަނީ ބޮލީވުޑްގައި ކާމިޔާބު ހޯދަމުންނެވެ.

އެގޮތުން ބޯނީ އެހެން މީހަކާއި އިނދެގެން ލިބިފައިވާ އަރްޖުން ކަޕޫރަކީ ބޮލީވުޑްގައި ކާމިޔާބު ތަރިއެކެވެ. ޝަރްމީލާގެ ދަރިފުޅު ސައިފް އަލީ ހާނާއި ސޯހާ އަލީ ހާން އާއި މާމަ ދަރިފުޅު ސާރާ އަލީ ހާންގެ އިތުރުން ޅީ ދަރިފުޅާއި ދަނބިދަރިފުޅަކީ ކާމިޔާބު ބޮލީވުޑްގެ ތަރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް