ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެ ވަޑައިގެންފި އެވެ. އެކަމަނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިންް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އެކަމަނާ ރާއ...

22 Dec 2021 | 10:47

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެ ވަޑައިގެންފި އެވެ.

އެކަމަނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިންް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އެކަމަނާ ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ.

އެއާޕޯޓުން ހަސީނާ ވަޑައިގަތީ މަޑުކުރައްވަން ހަމަޖެހިފައިވާ ރިސޯޓަށެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ހަސީނާގެ ދަތުރުފުޅުގެ ރަސްމީ އެއްވެސް ހަރަކާތެއް މިއަދަކު ނޯންނާނެ އެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަތަކާއި އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހަސީނާ ތަގުރީރު ކުރައްވާނީ މާދަމާ ހަވީރު އެވެ.

ބަންގްލްދޭޝް ފޮރިން މިނިސްޓްރީން އެ ގައުމުގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރާއްޖެއާއި އެކު ސޮއިކުރަން ނިންމާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ބައެއް ޓެކްސްތައް ލުއިކުރުމާއި ކުށްވެރިން ބަދަލުކުރުމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ހިމެނޭ ކަމަށެވެ. އަދި އެ ގައުމުން ސިއްހީ މާހިރުން ގެނައުމުގެ އެއްބަސްވުމުގައި ސޮއި ކުރާނެ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު، 22 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް