އައްޑޫ ސިޓީ ހިތަދޫގައި އިލެކްޓްރިކް ސާމާނު ވިއްކާ ފިހާރައެއް ފަޅާލައި ބޮޑު ވައްކަންކޮށްފިއެވެ.
"އީހަބް މޯބައިލްސް" ކިޔާ އެ ފިހާރައިގެ ސީސީޓީވީ ކެމެރާގެ ފުޓޭޖު ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާއިރު، އެ އިން ފެންނަ ގޮތުގައި ފިހާރަ އަށް އެ މީހުން ވަދެފައި ވަނީ ބޭރުގެ ބިއްލޫރި ދޮރުގައި ދަގަނޑު ގަނޑަކުން ޖަހައި ތަޅައި ލައިގެންނެވެ.
ފިހާރައިގެ ބޭރުދޮރުގެެ ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ފިހާރަތެރެއަށް ވަދެ ކައުންޓަރުގެ ބިއްލޫރި ގަނޑުތަޅާ ލުމަށްފަހު މުދާތައް ގެންދާތަން ވީޑިއޯއިން ފެނެ އެވެ. ބެލެވޭ ގޮތުގައި އެއީ ފޯނުތަކެކެވެ.
https://twitter.com/faraa_farhaan/status/1473495996294336515
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީގައި އިލެކްޓްރޯނިކް މުދާ ވިއްކާ ފިހާރައެއް ފަޅާލި ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 6:23 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް