ޖާބިރު ކޯޓަށް ހާޒިރު ކުރަން އަމުރު ނެރުނު ގާޒީއަށް ފިޔަވަޅު އަޅަން ހުށަހަޅުއްވައިފި

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފި އެވެ. ޖާބިރުގެ މި ސިޓީ އަކީ ބަންދުގ...

22 Dec 2021 | 09:16

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ޖާބިރުގެ މި ސިޓީ އަކީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރު ކުރުމަށް ގާޒީ މަރިޔަމް ވަހިދު އަމުރު ނެރުއްވުމާއި ގުޅިގެން ހިތްހަމަ ޖެހިވަޑައިނުގަތް ފޮނުއްވި ސިޓީ އެކެވެ. ގާޒީ މަރިޔަމް ވަހީދުގެ ނެރުއްވި އަމުރަކަށް ފުލުހުން ވަނީ މިއަދު ޖާބިރު ގދ. އަތޮޅު ފަޅުރަށެއްގައި ހުންނަވަނިކޮށް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކޮށްފަ އެވެ.

ޖާބިރު ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓުން، އޭނާ ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރެފައި ވަނީ ގާޒީ މަރިޔަމްގެ ޒާތީ ކަމެއްގައި ކަމަށެވެ. އެގޮތުން ކުންފުނިތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުއްޓައި ޗެއާމަން ހައްޔަރުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޖާބިރު ކޯޓަށް ހާޒިރުކުރީ މިއަދު ހެނދު 10:00 ޖެހިއިރު އެވެ. ކޯޓަށް ގެންދިއުމަށް ފަހު ފުލުހުން މިހާރު ވަނީ ކޯޓުގެ އަމުރަށް އޭނާ ދޫކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް