އެމްއެންޕީއަށް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ކާނަލަ ރިޓެރޑް ނާޒިމް އިސްވެ ހުުންނަވާ އުފައްދަވާފައިވާ ސިޔާސީ ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ފައިސާގެ އެހީ ތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ...

22 Dec 2021 | 08:03

ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ކާނަލަ ރިޓެރޑް ނާޒިމް އިސްވެ ހުުންނަވާ އުފައްދަވާފައިވާ ސިޔާސީ ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ފައިސާގެ އެހީ ތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޕީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީއަކީ ޤައުމީ ފިކުރު ކުރިއަރުވައި ފުދުންތެރި ދިވެހިންތަކެއް އުފައްދަން މަސައްކަތް ކުރާ ޕާޓީ އެއް ކަމުގައެވެ.

އެގޮތުން، ކުރިއަށް އޮތް ތަނުގައި ޕާޓީން ގިނަ ހަރަކާތްތަކެއް ހިންގަން ހަމަޖައްސާފައިވާ ކަމަށާއި އެ ހަރަކާތްތައް ހިންގަން ރައްޔިތުންގެ އެހީއަށް ހުޅުވާލައިފައިވާ ކަމަށް ވެސް އެ ޕާޓިން ނެރުނު އިއުލާނުގައި ހާމަ ކޮށްފައި ވެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ޕާޓީގެ އިދާރީ ކަންކަން ހިންގުމާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޕާޓީގެ ގޮފިތައް އެކުލަވައިލެވިގެން ގިނަ މަސައްކަތްތަކެއް ދާއިމީ ގޮތެއްގައި އެޕާޓީއިން ކުރާނެ ކަމުގައި ހާމަ ކޮށްފައި ވެއެވެ.

ޑިފެންސް މިނިސްޓަރ ކަން ވެސް ކުރައްވާފައިވާ ކާނަލް ނާޒިމް ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާކަން ކުރިން އިޢުލާން ކުރައްވާފަ އެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް