ކޯޓަށް ހާޒިރު ކުރުމަށް ފަހު ޖާބިރު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދޫކޮށްލައިފި އެވެ. އޭނާ ހައްޔަރު ކުރީ ގދ. ފަޅު ރަށެއްގައި ހުއްޓައެވެ. ފުލުހުން ގޮސް ހައްޔަރު ކުރީ ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ނެރެ...

22 Dec 2021 | 05:34

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދޫކޮށްލައިފި އެވެ.

އޭނާ ހައްޔަރު ކުރީ ގދ. ފަޅު ރަށެއްގައި ހުއްޓައެވެ.

ފުލުހުން ގޮސް ހައްޔަރު ކުރީ ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމަށެވެ. އޭނާ ފުލުހުންގެ ބަންދުކޮށް ދޫކޮށްލީ ކޯޓަށް ހާޒިރު ކޮށްދިނުމަށް ފަހު ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.

ޖާބިރު މީޑިއާގައި ވިދާޅުވީ އޭނާ އާއި މެދު ފުލުހުން އަމަލު ކޮށްފައިވަނީ ވަރަށް ބޭ އިންސާފުން ކަމަށެވެ.

ޖާބިރު ހައްޔަރު ކުރުމަށް ފަހު، އެކަން ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާގައި ޔަގީން ކޮށްދީފައިވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޖާބިރު ހައްޔަރު ކުރީ އޭނާގެ ކުންފުނި ޔޮޓް ޓުއާސްއާއި ދެކޮޅަށް ސިޓީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ދައުވާ ކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް