ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ހައްޔަރު ކޮށްފިއެވެ.
ޖާބިރު ހައްޔަރު ކޮށްފައި ވަނީ ގދ. އަތޮޅުގެ ރަށެއްގައި ހުންނަވަނިކޮށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރު ކޮށްފައި ވަނީ ސިވިލް ކޯޓުން އޭނާ ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ.
ވަރަށް ފަހުން އއ. މަތިވެރި އަށް ޖާބިރު ކުރެއްވި ދަތުރުގައި ބޮޑެތި ހަމަނުޖެހުން ތަކެއް ހިނގާފައި ވެއެވެ.
ސިވިލް ކޯޓުން މީހުން ހައްޔަރު ކުރުމުގެ އަމުރު ނެރެނީ ކޯޓަށް ހާޒިރުވާން އެންގުމުން ކޯޓަށް ހާޒިރު ނުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް