ކޯވިޑް-19 އަށް އިތުރު 23 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 14 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުން ދެ މީހުންނާއި އޮޕަރޭޓް ކުރާ ރިސޯޓުތަކުން ހަތް މީހުންނެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 2،404 ސާމްޕަލެވެ.
މިވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 509 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 41 މީހުންނަށެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 12،960 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ. އަދި މި ބަލީގައި ރާއްޖެއިން 48 މީހަކު ވަނީ މަރުވެފައި އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައި ވަނީ 13،524 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް