އެޗްޑީސީއާއި ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިކޮށްދީ، ހިދުމަތްތައް ފަސޭހަކޮށްދޭ "މިތުރު" ޗެޓްބޮޓް އިފްތިތާހްކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަކީ ހުޅުމާލެ ތަރައްޤީކުރުމުގައި އެންމެ އިސްކޮށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. މިގޮތުން އަސާސީ ޙިދުމަތްތަކުގެ އިތުރުން ކުރިއަށް ގެންދެވޭ...

22 Dec 2020 | 18:01

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަކީ ހުޅުމާލެ ތަރައްޤީކުރުމުގައި އެންމެ އިސްކޮށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. މިގޮތުން އަސާސީ ޙިދުމަތްތަކުގެ އިތުރުން ކުރިއަށް ގެންދެވޭ ބޮޑެތި މަޝްރޫޢުތަކާއި ހުޅުމާލޭގެ ރައްޔިތުންނަށް އެތަކެއް ހިދުމަތެއް ދިނުމުގެ ޒިންމާ އުފުލާ ކުންފުންޏެއް ކަމުން ރައްޔިތުންނަށް މި ކޯޕަރޭޝަނުން ދެމުން ގެންދާ ހިދުމަތްތަކާއި މި ހިދުމަތްތަކުގެ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަނުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދީގެން ކުރަމުން އަންނަށް މަސައްކަތެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.

މިގޮތުން އިންޓަނެޓްގެ ޒަރިއްޔާއިން ފޭސްބުކް މެސެންޖޭ އަދި މިކޯޕަރޭޝަންގެ ވެބްސައިޓްގައި މި ކޯޕަރޭޝަންއާ ގުޅޭ މަޢުލޫމާތު ވިހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މިއަދު ވަނީ "މިތުރު" ގެ ނަމުގައި ޗެޓްބޮޓެއް ތަޢާރަފުކޮށްފައެވެ.

އެޗް.ޑީ.ސީ އާއި އާންމު ރައްޔިތުންނާއި މެދު އޮންނަ ގުޅުން ރަނގަޅުކޮށް މަޢުލޫމާތު ދިނުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހުށަހެޅޭ މައްސަލަތަކަށް ވީހާވެސް އަވަހަށް ޖަވާބުދާރީވުމަށް "މިތުރު" ވެގެން ދާނި އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް ކަމަށާއި، ފޭސްބުކް މެސެންޖާއިންނާއި އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބިގެންދާ މި ޙިދުމަތުން، އެ ކޯޕަރޭޝަންނުން ދެމުންދާ ހިދުމަތްތަކަށް އެދުމުގެ އިތުރުން، ހިދުމަތްތަށް ބޭނުންކުރާނެ ގޮތް ކިޔާދޭނެކަމުގައި އެޗްޑީސީން ބުނެއެވެ.

https://twitter.com/hdcmaldives/status/1341431196933210112

"ހުޅުމާލޭގައި އިންވެސްޓަރުންނަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތާއި އިންވެސްޓަރުން އަމަލު ކުރަންވީ ގޮތް ފަސޭހައިން "މިތުރު"ގެ ޒަރިއްޔާއިން ފޯރުކޮށްދެވިގެންދާނެއެވެ. މީގެއިތުރުންވެސް ހުޅުމާލެ އާއި ބެހޭ ގިނަ މަޢުލޫމާތު ތަކެއް "މިތުރު"ގެ އެހީގައި ދެވޭނެއެވެ. މި ގޮތުން ހުޅުމާލޭގެ ޗާޓު ފަދަ ތަކެތި ފަސޭހައިން ބަލާލުން ފަދަ ހިދުމަތްތައް ހިމެނިގެން ތަޢާރަފުކޮށްފައިވާ ޗެޓްބޮޓު މިއަދުން ފެށިގެން ބޭނުންކުރެވޭނެއެވެ. އަދި ކުރިމަގުގައި "މިތުރު"ގެ ހިދުމަތްތަކުގައި ދިމާވާ މައްސަލަތަށް ބަލާ އިތުރު މަޢުލޫމާތު ހިމެނުމަށް ވަނީ ހަމަޖެހިފައެވެ" އެޗްޑީސީން ބުނެއެވެ.

އެޗް.ޑީ.ސީން މައުލޫމާތުދެއްވާގޮތުގައި، އެޗްޑީސީގެ އުއްމީދަކީ މިހާރުވެސް ހުޅުމާލޭގައި ދިމާވާ ދަތިތަކާއި ގުޅިގެން މައްސަލަ ހުށަހެޅުމުގައި ފަސޭހަވެ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި އިންވެސްޓަރުންނާއި މި ކޯޕަރޭޝަންގެ ގުޅުން "މިތުރު"ގެ ސަބަބުން އިތުރަށް ފުރިހަމަ ވެގެންދިއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް