މާލޭގައި ބިދޭސީ ސޭޓަކަށް ހަމަލާދީ ބޯ ފަޅާލައިފި

މާލޭގައި މިއަދު ބިދޭސީ ސޭޓަކަށް ހަމަލާދީ އެމީހާގެ ބޯ ފަޅާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ހަވީރު 5:30 ހާއިރު އެވެ. ފުލުހުން ބުނީ ހަމަލާ ދިން އިރު އެމީހާ އިނީ ނިކަގަސް މަގުގައި ހުރި ފިހާރައެއްގައި ...

22 Dec 2020 | 14:42

މާލޭގައި މިއަދު ބިދޭސީ ސޭޓަކަށް ހަމަލާދީ އެމީހާގެ ބޯ ފަޅާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ހަވީރު 5:30 ހާއިރު އެވެ. ފުލުހުން ބުނީ ހަމަލާ ދިން އިރު އެމީހާ އިނީ ނިކަގަސް މަގުގައި ހުރި ފިހާރައެއްގައި ކަމަށެވެ.

އެމީހާއަށް ހަމަލާ ދިން ކަމަށް ވަނީ ފިހާރަތެރެއަށް ވަދެފައި އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެމީހާގެ ފޮޓޯތަކުން އެމީހާގެ ބޮލުން ގިނަ އަދަދެއްގެ ލޭ މުޅި ގަޔަށް ފައިބާފައިވާތަން ފެނެ އެވެ.

ފުލުހުން ބުނީ އެމީހާ ބޮލުގައި ޖެހީ ކޮން އެއްޗަކުން ކަމެއް އަދި ނޭނގޭ ކަމަށެވެ. އެމީހާއަށް އައިޖިއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

މި މައްސަލައިގަ މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިދިޔަ ހަފްތާގައިވެސް މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް