8 މަހަށް ފަހު، ތައިވާނުގައި ކޮވިޑް ކޭސްއެއް ފެނިއްޖެ އެވެ.
އެގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެންމެ ފަހުން އެ ގައުމުގައި ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މި އަހަރުގެ އޭޕްރިލް މަހު އެވެ.
އޭޕްރިލް މަހުން ފެށިގެން މިހައިތަނަށް އެގައުމުގައި ކޮވިޑުގެ އެއްވެސް ކޭސްއެއް ފެނިފައި ނުވަނީ އެގައުމުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ނެވެ.
ނަމަވެސް މިއަދު މި ފެނުނު ކޭސްއަކީ އެގައުމަށް ދަތުރުކުރާ މަތިންދާ ބޯޓެއްގެ ޕައިލެޓާ، ޑައިރެކްޓް ކޮންޓެކްވި މީހެއް ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. އަދި އެއީ ޢުމުރުން 30 އަހަރުގެ އަންހެނެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ތައިވާންގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވް ވި އަންހެން މީހާ އާ ޕައިލެޓް ކޮންޓެކްޓް ވެފައިވާ ކަމަށް ބެލެވެނީ މި ޑިސެމްބަރ މަހުގެ 8 އާއި 12 ވަނަ ދުވަހާ ދެމެދުގަ އެވެ. އަދި ޕައިލެޓް ވެސް ކޮވިޑަށް ޓެސްޓު ހަދާފައިވާ ކަމަށާއި ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް ކަމަށް ވެސް ބުނެފައި ވެއެވެ.
އޭޕްރީލް މަހުން ފެށިގެން "ކޮވިޑް ފްރީ" ގައުމެއްގެ ގޮތުގައި އޮތް އިރު، ނެގެޓިވް ނަތީޖާއާ އެކު އެގައުމަށް އެތެރެވާ މީހުން ކަރަންޓީނުވާން ޖެހެ އެވެ. އަދި ޕޮސިޓިވް ނަމަ، އައިސޮލޭޓް ވާން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް