ލ. ގަމުގައި އޮރިޔާންކާޑު އުފެއްދި މައްސަލައެއްގައި 28 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ލ. ގަމުގައި އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް އޮރިޔާންކާޑު އުފެއްދި މައްސަލައެއްގައި 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ އެރަށުގައި އުމުރުން 75 އަހަރުގެ އަންހ...

22 Dec 2020 | 11:53

ލ. ގަމުގައި އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް އޮރިޔާންކާޑު އުފެއްދި މައްސަލައެއްގައި 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެރަށުގައި އުމުރުން 75 އަހަރުގެ އަންހެނަކަށް ގަދަކަމުން ޖިންސީ ފުރައްސާރަކޮށް، އޮރިޔާންކާޑު އުފެއްދި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ޖަހާފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް