އިންޑިއާގެ މެގަ ސްޓާރ އަމީތާބް ބައްޗަށް އަކީ ސޯޝަލް މީޑިއާގައި ވެސް ތަފާތު ފަންނާނެކެވެ.
އެކަން ހާމަވަނީ އަމީތާބު ކުރާ ޕޯސްޓުތަކުން ނެވެ. ޚާއްސަކޮށް މި ފަހަކަށް އައިސް އަމީތާބު އަންނަނީ އޭނާގެ ކުރީގެ ހަނދާންތައް ނުވަތަ މާޒީގެ ސަފުހާތަކުން ހިރަފުސް ފޮޅާލަމުން ނެވެ.
ސޯޝަލް މީޑިއާއަށް އަމީތާބު ދޫކުރަނުން އަންނަ ހަނދާންތައް ނުވަތަ ފޮޓޯތަކުގެ ތެރެއިން ވެސް އަމީތާބު، އޭނާގެ މަންމަ އަދި ފިރިހެން ކޮއްކޮއާ އެކު ނަގާފައިވާ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
"މިއީ ހަނދާނުން ފުހެލަން ދަތި ފޮޓޯއެއް. މިއީ ވަރަށް ޚާއްސަ ފޮޓޯއެއް." އެ ފޮޓޯއާއެކު އަމީތާބު ލިޔެފައިވެ އެވެ.
އެ ފޮޓޯގައިވަނީ އަމީތާބާއި އޭނާގެ މަންމަ ތޭޖީ ބައްޗަން އަދި ފިރިހެން ކޮއްކޮ އަޖިތާބު ބައްޗަން އެވެ.
އެތަނުން އަމީތާބަކީ ކޮބައިކަން ބުނެދިނުމަށް ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް