ކުޑައިރު ތަންމައްޗަށް ހީސްލި މީހުންގެ ދަރިން ތަންމައްޗަށް ހީސްލާ ކުދިންނަށް ވުމުގެ ފުރުޞަތު ބޮޑު: ދިރާސާ

މައިންބަފައިންގެ ތެރެއިން އެކަކީ އޭނާ ކުޑައިރު ތަންމައްޗަށް ހީސްލި މީހެއް ނަމަ އެމީހުންގެ ދަރިން ތަންމައްޗަށް ހީސްލާ ކުދިންނަށް ވުމުގެ 40 ޕަސެންޓް ފުރުޞަތު އޮންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މ...

22 Dec 2020 | 10:08

މައިންބަފައިންގެ ތެރެއިން އެކަކީ އޭނާ ކުޑައިރު ތަންމައްޗަށް ހީސްލި މީހެއް ނަމަ އެމީހުންގެ ދަރިން ތަންމައްޗަށް ހީސްލާ ކުދިންނަށް ވުމުގެ 40 ޕަސެންޓް ފުރުޞަތު އޮންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި ބުނާގޮތުން މަންމަ އާއި ބައްޕަޔާ ދެ މީހުން ވެސް ކުޑައިރު ތަންމައްޗަށް ހީސްލި ނަމަ، ލިބޭ ދަރީންގެ ކިބާގައި އެ އާދަ ހުރުމުގެ ފުރުސަތު 70 ޕަސެންޓު އިތުރެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ އެންމެ ރެއެއް ވެސް ވައްޓާނުލައި ތަންމައްޗަށް ކުޑަކަމުދާ ކުދިންނަކީ ޕްރައިމަރީ އެނިއުރެޓިކް ކުދިންކަމަށެވެ. އަދި އެނިއުރެސިސްގެ ދެވަނަ ވައްތަރު ނުވަތަ ސެކަންޑަރީ އެނިއުރެސިސް އަކީ މަދުވެގެން ހަ މަސްދުވަހު ނުވަތަ އެއަށް ވުރެ ގިނަ ދުވަހު ތަންމައްޗަށް ކުޑަކަމުނުގޮސް ހުރެފައި، ތަންމައްޗަށް ކުޑަކަމުދާން ފެށުން ކަމަށާއި އެނިއުރެސިސްގެ ވައްތަރުތަކުގެ ތެރެއިން އެންމެ އާއްމު ވައްތަރަކީ ޕްރައިމަރީ ނޮކްޓާނަލް އެނިއުރެސިސް ކަމަށް ދިރާސާ ރިޕޯޓުގައި ވެއެވެ.

ދިރާސާގައި ވާ ގޮތުން ތަންމައްޗަށް ހީސްލެވޭ ސަބަބުތަކުގެ ތެރޭގައި ވިރާސީ ގޮތުންނާއި، ތޮބީއީ ގޮތުންނާއި، ނަފްޞާނީ ނުވަތަ ޖިސްމާނީގޮތުން ކުރިމަތިވެފައިވާ މައްސަލައެއްގެ ސަބަބުން ވެސް ތަންމައްޗަށް ހީސްލާފާނެއެވެ. އަދި އުފެދުމުގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ވެސް ތަންމައްޗަށް ހީސްލުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ތޮބީއީ ގޮތުން ބަލާއިރު ތަންމައްޗަށް ހީސްލާ ކުދިންނަކީ ރޭގަނޑު އެކުދިންގެ ހަށިގަނޑުގައި އެންޓި ޑައިއުރެޓިކް ހޯމޯން ނުވަތަ އޭޑީއެޗް މަދުން އުފައްދާ ކުދިންކަމަށާއި އަދި ޔޫރެތްރަލް ސްފިންޗާ ކޮންޓްރޯލް ލަހުން ފުރިހަމަވާ ކުދިންކަމަށެވެ.

ހާސްވުމާއި ކަންބޮޑުވުމާއި ބިރުގަތުމާއި ކުއްލިއަކަށް ދިމާވާ ބޮޑު ހާދިސާއެއްގެ ސަބަބުން ވެސް ތަންމައްޗަށް ހީސްލުމަކީ ވެދާނެ ކަމެއް ކަމަށާއި މިކަން ކުރިމަތިވަނީ އެޑްރިނަލިން ހޯމޯން ލެވެލް ހަށިގަނޑުގައި ކުއްލިއަކަށް މައްޗަށް ދިޔުމުންކަމަށް ވެސް ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

ދިރާސާ ގައި ވާގޮތުން ކުޑަކަމުދާ ނިޒާމުގައި ޖަރާސީމް އަށަގަތުމާއި މާ ބޮޑަށް ބަނޑު ހަރުވުމުން ވެސް ތަންމައްޗަށް ކުޑަކަމުދެވިދާނެއެވެ. އަދި ހަކުރުބައްޔާއި، އެކްޓޮޕިކް ޔުރެޓާ  ފަދަ ކަންކަމުގެ ސަބަބުން ވެސް ތަންމައްޗަށް ކުޑަކަމުދެވިދާނެއެވެ. އަދި މީގެ އިތުރުން ކުޑަކަމުނުގޮސް ގިނަ އިރުވަންދެން ހިފަހައްޓައިގެން ހުންނަ ހުރުމުގެ ސަބަބުން ދުވާލު ގަޑީގައި ނޭނގި ގަޔަށް ކުޑަކަމުދެވުމަކީ ވެސް ސަބަބެއް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް