އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް ވެކްސިން ޖައްސަވާ، ރައްޔިތުންނަށް ހިތްވަރު ދެއްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް ވެކްސިން ޖައްސަވާ، ރައްޔިތުންނަށް ހިތްވަރު ދެއްވައިފި އެވެ. ވެކްސިން ޖެއްސެވުމަށް ފަހު، ޖޯ ބައިޑެން ވިދާޅުވީ އެއްވެސް ރައްޔިތަކު އެއްވެސް ކަމަކާ ކަންބޮޑުވާނެ ކަމެެ...

22 Dec 2020 | 09:47

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް ވެކްސިން ޖައްސަވާ، ރައްޔިތުންނަށް ހިތްވަރު ދެއްވައިފި އެވެ.

ވެކްސިން ޖެއްސެވުމަށް ފަހު، ޖޯ ބައިޑެން ވިދާޅުވީ އެއްވެސް ރައްޔިތަކު އެއްވެސް ކަމަކާ ކަންބޮޑުވާނެ ކަމެެއް ނެތް ކަމަށެވެ. އަދި ސިއްހީ މާހިރުން ދެއްވާ އިރުޝާދަށް ބޯލެނބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

" ވެކްސިނަކީ ކޯވިޑް19 އިން ރައްކާތެރި ވުމުގެ އެންމެ ފުރަތަމަ މަރުހަލާ. ކުރަން އޮތް ދަތުރުގެ ދިގު. އެއްވެސް ކަމަކާ ހާސް ނުވާތި. ސިއްހީ މާހިރުންގެ ލަފާގެ މަތިން ކަންކަން ކުރިއަށް ގެންދިޔައިމަ ރަނގަޅުވާނެ." ޖޯ ބައިޑެން ވިދާޅުވި އެވެ.

ޖޯ ބައިޑެން ވެކްސިން ޖައްސަވާފައި ވަނީ ޑެލްވާރުގެ ނިއުވާކް ހޮސްޕިޓަލުގަ އެވެ. އަދި އެ މަންޒަރު ވަނީ ޓީވީ އިން ވަގުތުން ދައްކާފަ އެވެ.

ކުރިޔަށްއޮތް ދައުރުގެ އެމެރިކާގެ ފަސްޓް ލޭޑީ، ބައިޑެންގެ އަބިކަބަލުން، ޖިލްބައިންޑްވަނީ ހޯމަ ދުވަހު ހެދުނު ފައިޒަރ ވެކްސިން ޖައްސާވާފައެވެ. ޖިލްވެސް ވެކްސިން ޖައްސަވާފަ ވަނީ ބައިޑްންވެސް ވެކްސިްނ ޖެއްސެވި ހޮސްޕިޓަލުގައެވެ.

ވެކްސިން އާންމު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށް، ޓްރަމްޕްގެ ސަރުކާރުން އުފައްދާފައިވާ، ފެޑެރަލް ސަރުކާރުގެ ވެކްސިން ޕްރޮގްރާމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް