މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ޝަޒައިލްގެ މައްސަލަ ފުލުހަށް ފޮނުވައިފި

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިިޔާމަށް ކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް އެންޓީ ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ. ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ...

22 Dec 2020 | 09:36

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިިޔާމަށް ކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް އެންޓީ ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެން ޝަޒައިލް ސަސްޕެންޑު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. އޭނާ ސަސްޕެންޑުކޮށްފައި ހުރީ މުސާރަ ނުލިބޭ ގޮތަށެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މީޑިއާގައި ވިދާޅުވީ ޝަޒައިލްއާ ދެކޮޅަށް އެ ކޮމިޝަނަށް ހުށަހެޅީ ރިޝްވަތުގެ މައްސަލައެއް ނަމަވެސް އެ މައްސަލަ އޭނާ އާއި ދެކޮޅަށް ސާބިތުނުވާ ކަމަށެވެ. އެކަމަކު މަނީ ލޯންޑަރިންގެ މައްސަލަ ފާހަގަ ކުރެވުނީ ރިޝްވަތުގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ކަމަށް ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހާ ގުޅޭ ގޮތުން ފާހަގަވި އެހެން މައްސަލަތަކެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އެތަނުގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކު ކުރެވޭ ފައިސާތަކެއް ވަތް މައްސަލަ އާއި ކުންފުނިން ގެންދިޔަ މަރާމާތުގެ މަސައްކަތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވަކި މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.

މީގެ އިތުރުން މޯލްޑިވް ގޭހުގެ ވަޒީފާ އަށް މުވައްޒަފަކު ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.

އޭސީސީން ބުނީ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅި މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ބާރު އޭސީސީއަށް ނޯންނާތީ އެވެ.

ޝަޒައިލް މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާ ކުރައްވާފައިވެ އެވެ. އަދި އެ ސަރުކާރުގައި، ޓުރައަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް