ވ. ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 64 ޕަސެންޓު ނިންމައިފި އެވެ.
މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އަލަށް ހަދާ ގޮނޑުދޮށް ސަރަޙައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މަޝްރޫއުގެ ދަށުން ރަކީދޫ ބަނދަރަށް އަލަށް އިތުރު ކުރެވޭ 5،554 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރާނެ އެވެ. އަދި މިހާރު ބޭނުންކުރަމުންދާ ނެރުގެ 100 ކިއުބިކް މީޓަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 74 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު 594 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 18.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 08 ޖޫން 2020 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް