ބުރަކޮށް މަސައްކަތް ކުރާ ފިރިހެނުންނަށް ކަމުދަނީ ފަލަ އަންހެނުން: ދިރާސާ

ބުރަކޮށް މަސައްކަތް ކުރާ ފިރިހެނުންނަށް ކަމުދަނީ ފަލަ އަންހެނުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. މި ދިރާސާ ގައި ބުނެފައިވަނީ ގާތްގަޑަކަށް 5،000 މީހުން މި ދިރާސާގައި ބައިވެރިކޮށްފައިވާ ކަމަށެވެ. އ...

22 Dec 2020 | 09:08

ބުރަކޮށް މަސައްކަތް ކުރާ ފިރިހެނުންނަށް ކަމުދަނީ ފަލަ އަންހެނުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާ ގައި ބުނެފައިވަނީ ގާތްގަޑަކަށް 5،000 މީހުން މި ދިރާސާގައި ބައިވެރިކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 3،000 މީހުންނަށް އެންމެބޮޑަށް ކަމުގޮސްފައިވަނީ ފަލަ އަންހެނުން ކަމަށެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ގިނައިން ސުވާލުކޮށްފައިވަނީ ދުވާލަކު 8 ނުވަތަ 10 ގަޑިއިރު އޮފީހުގެ މަސައްކަތުގައި އުޅޭ ފިރިހެނުންނާ އެވެ. އަދި އޭގެތެރޭގައި ގިނައީ ހުސްހަށިބައި މީހުން ކަމަށެވެ.

އެގޮތުން އެމީހުންގެ އޮފީސް ގަޑި ނިންމުމަށް ފަހު، ތަފާތު އެކި ޢުމުރުފުރައިގެ އަންހެނުން ނުވަތަ އަންހެން ކުދިންނާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދީފައިވާ ކަމަށް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.

"އަހަރުމެން ދިރާސާ ހެދި ގިނަ މީހުން ބުނެފައިވަނީ ބުރަކޮށް އޮފީހުގަ ނުވަތަ އަމިއްލަ މަސައްކަތުގަ އުޅެފަ އައިސް ހިތްހަމަ ޖައްސާލަން އެންމެ ރަނގަޅީ ފަލަ އަންހެނުން ނުވަތަ އަންހެން ކުދިން ކަމަށް." ދިރާސާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ދިރާސާގައި ބުނެފައިވަނީ އެ ދިރާސާގައި ބައިވެރިކޮށްފައިވާ ކައިވެނިކޮށް އުޅޭ ފިރިހެނުންގެ ޚިޔާލު ވެސް މިކަމާ ދާދި އެއްގޮތް ކަމަށެވެ.

އެގޮތުން ކައިވެނިކޮށްގެން އުޅޭ ފިރިހެނުންގެ ގާތްގަޑަކަށް 7 އިންސައްތަ މީހުން ވެސް ބޭނުންވަނީ ނުވަތަ ކަމުދަނީ ފަލަ އަންހެނުން ކަމަށް ބުނެފައިވާ ކަމަށް އެ ދިރާސާގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް