ސޭންޑްވިޗް ޕްރޮމޯޝަނަކާއި އެކު އެންޒީ-1ގެ އާ ފިހާރަ ހުޅުވައިފި

އެންޒީ-1 ކުރިން ހިންގިތަން ނޫންތަނަކަށް ބަދަލުކޮށް އަލުން ހުޅުވައިފި އެވެ. މި ފިހާރަ ހުޅުވުމުގެ ގޮތުން އެ ތަނުގައި ދަނީ ސޭޑްވިޗަށް ހާއްސަކޮށް ޕްރޮމޯޝަނެއް ކުރިޔަށް ގެންދަމުންނެވެ. މި ޕްރޮމޯޝަން ކުރިޔަ...

22 Dec 2020 | 08:31

އެންޒީ-1 ކުރިން ހިންގިތަން ނޫންތަނަކަށް ބަދަލުކޮށް އަލުން ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވުމުގެ ގޮތުން އެ ތަނުގައި ދަނީ ސޭޑްވިޗަށް ހާއްސަކޮށް ޕްރޮމޯޝަނެއް ކުރިޔަށް ގެންދަމުންނެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އަންނަ މަހުގެ 31ގެ ނިޔަލަށެވެ.

އެންޒީން ބުނީ ޕްރޮމޯޝަން ކުރިޔަށް ދާއިރު އެ ފިހާރައިގަ ޕްރޮމޯޝަންގެ ދަށުން ވިއްކާ ހުރިހާ ބާވަތެއްގެ ސޭންޑްވިޗަކުން 10 ޕަސެންޓު ޑިސްކައުންޓް ލިބޭނެ ކަމަށެވެ. ސޭންޑްވިޗްގެ އިތުރުން މި ޕްރޮމޯޝަންގައި ޕިއްޒާ، ސްލައިޑަސް އަދި ސަބްމެރިންވެސް ގަންނަން ލިބޭޭނެ ކަމަށް އެންޒީއިން ބުނެ އެވެ.

އަދި ގަންނަ ސޭޑްވިޗް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

ކުރިން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ކައިރީގައި ހިންގި އެންޒީ-1ގެ އާ ފިހާރަ ހުޅުވާފައިވަނީ އަމީރު އަޙްމަދުމަގު (އިނާ މޯލްޑިވްސް ބިލްޑިން ކައިރީ) ގައި އެވެ.

އެންޒީގެ ސޭލްސް އެންޑް މަރކެޓިން މެނޭޖަރު ނަޒީމް ވިދާޅުވީ މިއަހަރުގެ ކުރީކޮޅުން ފެށިގެން ކުރިޔަށް ގެްދާ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން މަސްދަޅުތަކަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު އެންޒީ އިން ވިއްކާ މަސްކޭސް އެއީ މާކެޓްގަހުރި ރާއްޖޭގައި ބަންދުކުރެވިފައިވާ މަސްދަޅުތަކުގެ ތެރެއިން އެންމެ އަގުހެޔޮ މަސްކޭސް ކަމަށާއި އެ ފިހާރައިންތެޔޮ މަސްކޭހެއް 555 ރުފިޔާއަށް އަދި ފެންމަސް ކޭހެއް 530 ރުފިޔާއަށް ވިއްކާ ކަމަށެވެ.

މިފިހާރައިން އެންޒީގެ ބޭކަރީ އުފެއްދުންތަކުގެ އިތުރުން ކޭކު އަދި ކަޕްކޭކު ފަދަ ފޮނި ޕޭސްޓްރީސް އާއި ރަހަމީރު ރިހާކުރު އަދި މަސްމިރުސް ކަހަލަ ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތައް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ކޮލިޓީއަށް އިތުބާރު ކުރެވޭ އެންސިސް ކާރުހާނާގައި ޕްރޮސެސްކުރެވޭ ތާޒާ ރޯމަސް ވެސް ލިބެންހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް