ލޮލަކީ ވަރަށް ނާޒުކު ގުނަވަނަކަށްވާއިރުގައި ކޮންމެ ކޮންމެ ބޭހެއް ބޭނުންކޮށްގެން ލޮލުގެ ފެނުން ރަނގަޅުކުރުން އެއީ އެހާ އެދެވޭ ކަމެއް ނޫން ކަމުގައި ގިނަ ޑޮކްޓަރުން ވިދާޅުވެއެވެ. އެހެން ކަމުން ގުދުރަތީގޮތުން މިކަމަށް އަހަރެމެންނަށް ލިބިގަނެވެން އޮތް ހައްލަކީ ކޮބައިކަން ބަލައިލަމާ ހިނގާށެވެ.
ކެރެޓް
ކެރެޓަކީ ލޮލުގެ ފެނުން ރަނގަޅުކުރުމަށް އެންމެ ކުރީންސުރެންވެސް ތަޖުރިބާކާރުން ލަފާދެއްވާ އެކައްޗެވެ. އެއީ ކެރޮޓްއަކީ އޭގައި ވިޓަމިން އޭ ވަރަށް މަތީ މިންވަރަކަށް ލިއްބައިދޭ އެއްޗެއްކަމުން މިއީ ލޮލުގެ ފެނުމަށް ވަރަށް ރަނގަޅު ކާނާއެވެ.
ޑްރެގަން ފްރުޓް
ޑްރެގަން ފްރުޓްއަކީ މިހާރު މާރކެޓްތަކުންވެސް ވަރަށް ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. އަދި ލޮލުގެ ފެނުން އަލިކޮށްދިނުމުގައި ނުހަނު މުހިންމު ރޯލެއް އަދާކުރާ މޭވާއެކެވެ.
ފެހިފަތް
ސްޕިނެޗް އަދި މުރަނގަފަތް ފަދަ ފެހިކުލަގަދަ ފަތަކީ އިރުގެ އަލިން ލޮލަށް ލިބޭ ގެއްލުންތަކުން ލޯ ސަލާމަތްކޮށްދޭ އެއްޗިއްސެވެ. ކޮންމެ ދުވަހެއްގެވެސް މަދުވެގެން ކޮންމެވެސް އެއް ވަޤުތެއްގައި މިތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ.
ތަފާތު ވައްތަރުގެ އޮށް
ޗިއާ ސީޑް, ސަންފްލާވާ ސީޑް އަދި ފްލެކްސް ސީޑް ފަދަ ބާވަތްތަކަކީ އޭގައި އޮމެގާ 3 އަދި ވިޓަމިން އީ ވަރަށް މަތީ މިންވަރަކަށް ހިމެނޭ ތަކެއްޗެވެ. އެހެންކަމުން މިއީވެސް އިތުރު ބޭސްތަކެއް ނުކައި ގުދިރަތީގޮތުން މިކަމަށް ލިބެން އޮތް ފަސޭހަ ޙައްލެކެވެ.
ސިޓްރަސް ފްރުޓްސް
ސިޓްރަސް މޭވާގެ ތެރެއިން ގްރޭޕްފްރުޓްއާއި, އޮރެންޖް އަދި ލުނބޮލަކީ އޭގައި އެކުލެވޭ ވިޓަމިން ސީ ގެ އެހީގައި ލޮލުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗިއްސެވެ.
މަހުގެ ބާވަތްތައް
މަހުގެ ބާވަތްތަކުގެ ތެރެއިންވެސް ތެލުގެ ބައި ބޮޑަށް ހިމެނޭ ޚާއްޞަކޮށް ކަނޑުމަހުގެ ބާވަތްތަކަކީ އޭގައި އޮމެގާ 3 ވަރަށް އިތުރު މަހެކެވެ. މިއީ ޚާއްޞަކޮށް ލެޕްޓޮޕް, ފޯނު އަދި ޓެބްތައް ގިނައިން ބޭނުންކުރުމުން ލޮލަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭ އެއްޗެކެވެ.
އަތަ
އަތައަކީ އޭގައި ވިޓަމިން ބީ އަދި ސީ ގިނަ އަދަދަކަށް ހުންނަ މޭވާއެކެވެ. މީގެ އިތުރުން އަތާގައި ޕޮޓޭސިއަމް ގިނަ އަދަކަށް ހުރުމުގެ ސަބަބުން ލޯ ކައިރީ ހަންގަނޑު ދޫވެ ނުވަތަ ދުޅަވުން ފަދަ ކަންތައްތަކުން ދުރުކޮށްދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް