ގްރީން ސްޓްރީޓްސް އާއި ޒެނިތުގެ މެޗުން މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓު މިރޭ ފަށާނެ އެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިއަހރުގެ މުބާރާތުގައި އަންހެން 9 ޓީމު ވަނީ ބައިވެފަ އެވެ. އަދި މި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.
ގްރޫޕް އޭގައި ހިމެނެނީ ގްރީން ސްޓްރީޓްސް، ޒެނިތް ސްޕޯޓްސް، ކްލަބް މެޓްރިކްސް، ޝައިނިންގ ސްޓާރ އަދި ޔުނައިޓެޑް ޔުނިޓީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޅުދުއްފުށި ޔީތް އެންޑް ރެކްރިއޭޝަން (ކޭވައިއާރްސީ)، ޔޫތް ޔުނަިއޓެޑް، ލޮރެންޒޯ އަދި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ ފިރިހެން ބައިގާ ބައިވެރިވެފައިވަނީ ސްކައިލާރކް، ކޭވައިއާރްސީ އަދި މެޓްރިކްސް އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ބާއްވާ މި މުބާރާތުގައި މިރޭގެ ފުރަތަމަ މެޗު 19:45 ގައި ބައްދަލުކުރާނީ ފިރިހެން ޑިވިޝަންގައި ހިމެނޭ ސްކައިލާރކް އާއި ކޭވައިއާރްސީ އެވެ.
ދެވަނަ މެޗު ފަށާނީ 21:30 ގަ އެވެ. އަންހެން ޑިވިޝަންގައި ހިމެނޭ މި މެޗުގައި ބައްދަލުކުރާނީ ގްރީނސް ސްޓްރީޓްސް އާއި ޒެނިތް ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ މެޗުތައް ބެލުމަށް ހިލޭ ވަނުމުގެ ފުރުސަތު އޮތް އިރު، ނެޓްބޯލް އެސީސިއޭޝަނުން ވަނީ އެޗްޕީއޭގެ ގައިޑުލައިންތަކަށް އިޙްތިރާމު ކުރުމަށް އެދިފަ އެވެ.
މެޗު ބެލުމަށް ވަދެވޭނީ ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންވާނެ ކަމަށާއި މާސްކު އަޅައިގެން އިޖުތިމާޢީ ގައިދުރުކަމާއެކު ކުޅިބަލަން ތިބުމަށް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް