ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ ކްރިކެޓް މުބާރާތެއް އުރީދޫ އިން ބާއްވަނީ

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ ކްރިކެޓް މުބާރާތެއް އުރީދޫ އިން ބާއްވަން ނިންމައިފި އެވެ. މިއީ މޯލްޑިވްސް މިޝަން ފޯ މައިގްރޭންޓް ވޯކަރޒް (އެމްއެމްޑަބްލިއު) އަށް އެއްއަހަރު ފުރުން ފާ...

22 Nov 2021 | 11:33

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ ކްރިކެޓް މުބާރާތެއް އުރީދޫ އިން ބާއްވަން ނިންމައިފި އެވެ.

މިއީ މޯލްޑިވްސް މިޝަން ފޯ މައިގްރޭންޓް ވޯކަރޒް (އެމްއެމްޑަބްލިއު) އަށް އެއްއަހަރު ފުރުން ފާހަގަ ކުރުމަށް އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް އެސޯސިއޭޝަނާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

އުރީދޫ އިން ބުނީ މި މުބާރާތުގައި ބައިވެރިވެވޭނީ ބިދޭސީ މަސައްކަތްތެރިންގެ 20 ކުޅުންތެރިންގެ ޓީމެއް ކަމަށާއި މުބާރާތް ފަށާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

މުބާރާތުގެ ބައިވެރިވުމަށް އި ފުރަންޖެހޭ ފޯމު، އާންމުކޮށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އެ މީހެއްގެ ގައުމުގެ ބަހުން އެމްއެމްޑަބްލިއުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލިބެން ހުންނާނެ ކަމަށާއި ފޯމު ހުށަހަޅަން ޖެހޭނީ އެކުވެނި ސްޓޭޑިއަމްގައި ހުންނަ ކްރިކެޓް ބޯޑު އޮފީހަށް ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

ފޯމު ހުށަހެޅޭނީ މާދަމާ މެންދުރު 12:00ގެ ކުރިން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މުބާރާތް ކުރިއަށްދާނީ އެކުވެނި ސްޓޭޑިއަމްގައި ކަމަށާއި މުބާރާތް ކުރިއަށްދާ ވަގުތު ސްޓޭޑިއަމް ވަށައިގެން އޮންނަ ސަރަހައްދުގައި ތަފާތު އެކި ސްޓޯލްތައް ބަހައްޓާ، ބިދޭސީ މަސައްކަތްތެރިންނަށް ހިލޭ ހެލްތު ސްކްރީންކޮށްދިނުމާއި، ފޯނު ރަޖިސްޓްރޭޝަންގެޚިިދުމަތްތައް ލިބެން ހުންނާނެ ކަމަށް ބުނެފައި ވެއެވެ.

މި މުބާރާތަކީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން މުޖުތަމައުއަށް ލިބޭ އެހީ ފާހަގަކޮށް އެ މީހުންގެ މަސައްކަތް ބަލައިގަތުމަށާއި އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް