އަވަށްޓެރި ސްރީލަންކާގައި އަލަށް އުފައްދާ ބަޖެޓް އެއަރލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފި އެވެ.
ފްލައި ލަންކަން އޭޝިއާ ނަމަކަށް ކިޔާ މި އެއަރލައިނުން އިން އެންމެ ފުރަތަމަ ދަތުރު ފަށާ އެއް ގައުމަކީ ރާއްޖެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.
ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ އެ އެއަރލައިނުން ފުރަތަމަ އިސްކަންދޭނީ ސަރަހައްދީ ގައުމުތަކަށް ދަތުރުތައް ފެށުމަށް ކަމަށާއި އެގޮތުން ރާއްޖެ، އިންޑިއާ, އިންޑޮނޭޝިއާ, މެލޭޝިއާ, މިޔަންމާ އަދި ދުބާއީ އަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ގައުމުތަކަށް ދަތުރުތައް ބާއްވާނީ ރަތުމަލާނަ އަދި ކަޓުނާޔަކަ އެއަރޕޯޓުން ކަމަށާއި ޓްރާންސިޓް އޮޕަރޭޝަންތަކަށް މައްތަލަ އެއަރޕޯޓް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. އަދި މި އެއަރލައިންގެ ދަތުރުތައް އަންނަ ޖަނަވަރީ މަހުން ފެށިގެން ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ދަތުރުތަކުގައި ބޮއިންގ 737 މަރުކާގެ މަތިންދާ ބޯޓެއް ފެށުމުގެ ގޮތުން ބޭނުންކުރާ އިރު، އިތުރު 5 މަތިންދާބޯޓު ގަތުމުގެ މަޝްވަރާތައް މިހާރުކުރަމުން އަންނަކަމަށް ވެސް ވަނީ ބުނެފަ އެވެ.
ލަންކާގައި މިހާރު އޮޕަރޭޓް ކުރަނީ އިންޓަނޭޝަނަލް ދެ އެއަރލައިނަކުން ނެވެ. އެއީ ގައުމީ އެއަރލައިން ސްރީލަންކަން އެއަރލައިންސް އަދި އަމިއްލަ އެއަރލައިނެއް ކަމަށްވާ ފިޓްސް އެއަރ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް