މާލޭގައި ޕެޓް ވިއްކާ ފިހާރައަކުން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ 120 ދޫނި ގެނައުމުން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމސް އިން ބުނީ މި ތަކެތި ރާއްޖެއަށް އެތެރެ ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. އަދި އެތެރެކޮށްފައިވަނީ ތަފާތު 8 ވައްތަރެއްގެ އަގުބޮޑެތި ދޫނި ތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މި ދޫނި ތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންވަޒޭޝަން އޮފް ނޭޗަރގެ ރެޑް ލިސްޓުގައި ހިމަނާފައިވާ ކައިރި މުސްތަގުބަލުގައި ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ސަދަން މިލީ އެމެޒޯން ގެ 10 ދޫނި ވެސް ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އަދި ސަދަން މިލީ އެމެޒޯންގެ އިތުރުން ވެސް ރާއްޖެ އެތެރެކުރުން މަނާ ގުރާ އާއިލާގެ އެކި ވައްތަރުގެ ދޫނިތައް މީގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ.
ރާއްޖެ އެތެރެކުރާ ދިރޭ އެއްޗެހި ކަސްޓަމްސް އިން ހިފެހެއްޓުމުން އެ އެއްޗެހި ހުންނާނީ އެއަރޕޯޓްގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ކަރަންޓީނު ޔުނިޓުގައި ކަރަންޓީނުކޮށްފަ އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް