އިންޑިއާ ސަރުކާރާއި އެކު ދިވެހި ދަޢުލަތުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަނުކޮށްފިނަމަ ކޯޓަަށް ވަޑައިގަންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފައިސާ ޗާޕް ކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާއިި ގުޅޭ ރިޕޯޓަށް ވާހަކަ ފުޅު ދައްކަވަމުން ނެވެ.
ޖާބިރު ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ދަރައިގެން ޤައުމުގެ އަސްކަރިއްޔާ "ކޮމްޕްރޮމައިޒް" ކުރަން ނުޖެހޭނެ ކަމަށާއި، ދައުލަތުން އިންޑިއާއާއެކު ހަދާފައިވާ އެގްރިމަންޓްތައް ހާމަ ކުރަން ޖެހޭ ކަމުގަ އެވެ.
ރާއްޖޭގެޚާރިޖީ އަދި ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަދެއްޖެ ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މަޖިލީހުގައި ނިކަން ބާރަށް އިންޑިއާ އައުޓް ގޮވަން ޖެހޭ ކަމުގައި ވިދާޅުވެ މަޖިލީހުގެ މެޖޯރިޓީވެސް އިންޑިއާއިން ނަގާކަމުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ އިންޑިއާ އެގްރިމަންޓްތައް ހާމަކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ. އެއްބަސްވުންތައް ހާމަ ނުކޮށްފިނަމަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މަޖިލީހުގައި ހިމެނޭ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
ޖާބިރުގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ އެ ފަރާތްތައް ގޮވައިގެން ކޯޓަށް ދާނެ ކަމަށާއި ދިވެހި ދަޢުލަތުން އިންޑިއާ ސަރުކާރާއި އެކު އެގްރީމެންޓެއް ހަދާފައިވާތީވެ ރައްޔިތުން ނުހަނު ބިރު ގަންނަ ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް