އަނޫޕަމާގެ މަންމަގެ ރޯލު ކުޅެމުން އައި މަދާވީ ގޮގްޓޭ މަރުވެއްޖެ

ސިލްސިލާ ޑްރާމާ “އަނޫޕަމާ”ގައި އަނޫޕަމާގެ މަންމަގެ ރޯލު ކުޅެމުން އައި މާދާވީ ގޮގްޓޭ މަރުވެއްޖެ އެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އޭނާ މަރުވީ ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އަދި އ...

22 Nov 2021 | 09:58

ސިލްސިލާ ޑްރާމާ “އަނޫޕަމާ”ގައި އަނޫޕަމާގެ މަންމަގެ ރޯލު ކުޅެމުން އައި މާދާވީ ގޮގްޓޭ މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އޭނާ މަރުވީ ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފައެވެ.

އޭނާގެ ހާލު ރަނގަޅުވަމުން ދިޔަ ނަމަވެސް، ކުއްލިއަކަށް ހާލު ދެރަވެ، އޭނާ މަރުވީ މުމްބާއީގެ ސެވެން ހިލްސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މަދާވީއަކީ 2013 ވަނަ އަހަރު ނެރުނު މަރާތީ ފިލްމު، “ގާންޗައްކަރު” އިން ގިނަ ބައެއްގެ މަހުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އޭނާވަނީ މާރާތީ ފިލްމުތަކާއި ޑްރާމާތަކުގައި ވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.

މީގެ އިތުރުން “ގޭލާ މަދާވް ކުނިކޭޑް” އަދި “ރަމާޗާ ބޯޕާލް” ގައި މަދާވީ ކުޅެފައިވާ ރޯލުތަކުން އޭނާގެ ކުޅަދާނަކަން އިތުރަށް ހާމަވެގެން ގޮސްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް