ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑަައިގަތުމުގެ ވިސްނުންފުޅު ޖާބިރު ގެންގުޅުއްވަނީބާ؟

ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވާ މޭރުމަކުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވާހަކަ ދައްކަވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި ވާހަކަ ދައ...

22 Nov 2021 | 09:38

ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވާ މޭރުމަކުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު މިއަދު ވިދާޅުވީ އޭނާގެ ބޮޑުވަޒީރު ކަމެއްގައި ވަގުން ހިފައި، އެމީހުންގެ އަތްކަނޑާނެ ކަމަށެވެ.

"ބަރުލަމާނީ ނިޒާމެއްގައި އަޅުގަނޑު ޕްރައިމް މިނިސްޓަރުކަމުގައި ދައްލާލު ކޮމިޓީން ޗޯރުން އަތްކަނޑާނަން. މާތް ﷲގެ އިރާދަފުޅާއި މިންވަރުފުޅުން. “ޗޯރު ޗޯރު ޗޯރު. ޗޯރުން ހިފާނަން މިފަހަރު." ޖާބިރު ވިދާޅުވި އެވެ.

އެނާ އިތުރަށް ވިދާޅުވީ މި ރާއްޖޭން ވައްކަން ކޮށްގެން ނުވާނެ ކަމަށާއި ޓެކްސް ފައިސާއިން މިކުރަނީ ވައްކަން ކަމަށެވެ. އަދި އަދި ވައްކަން ނުކުރާ ނިޒާމެއް ގާއިމުކުރުމަށް މަޖިލިސް ރައީސް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބަިރު ވިދާޅުވީ ފައިސާ ޗާޕުކުރެވޭ އަދަދު 2.5 ބިލިއަނަށް ކުޑަކޮށް، މުއްދަތު އިތުރުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށް މިއަދު މަޖިލީހަށް ހުށަހެޅި ރިޕޯޓުގެ ނަތީޖާއަކީ ރާއްޖޭގައި ސައްހަ ބަޖެޓެއް އޮންނަންޖެހުން ކަމަށެވެ.

ޖާބިރުއިތުރަށް ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނެތް ފަރާތަކުން އިންޝުއަރެންސް ނުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނާ ކަމަށާއި އެހެން އެކަންވާނަމަ ރާއްޖޭގެ ދެ ކުންފުންޏަކާ ގުޅިގެން އެމްއެމްއޭއިން ވައްކަން ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް