އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ކ. އަތޮޅުގައި ތަރައްޤީ ކުރާ އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި އޯބްލޫ ސެލެކްޓް ލޯބިގިލި އާއި ގެ ވަޒީފާ ތަކަށް 39 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.
މި ހުރިހާ ވަޒީފާގެ ފުރުސަތުތަކެއް ވެސް ހުޅުވާލާފައި މިވަނީ ދެ ޖިންސުގެ ދިވެހިންނަށެވެ. މީހުން ހޯދަން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސަސް، ފްްރޮންޓް އޮފީސްގެ ދާއިރާ އާއި އިންޖިނިއަރިން ދާއިރާ، ސެކިއުރިޓީ، ފުޑް އެންޑް ބެވަރެޖަސް، ބަދިގެ އާއި ރިސޯޓު ފިހާރަ އާއި ސްޓުވާޑިން އަދި ހައުސް ކީޕިން ދާއިރާ ހިމެނެއެވެ.
އެގޮތުން މި ވަޒީފާތަަކަށް ކުރިމަތި ލާން ބޭނުން ފުޅުވާ ފަރާތްތަކުން [email protected] އަށް ސީވީ ފޮނުވުމަށް އެޓްމޮސްފިއާއިން އެދިފައިވެއެވެ.
އާއިލާފުށި ރިސޯޓާއި ލޯބިގިލި އަކީ ގުޅުވާލައިގެން ކ. އަތޮޅުގައި ތަރައްޤީ ކޮށް ފައިވާ ދެ ރިސޯޓެވެ. ލޯބިގިލި ރިސޯޓު ހުޅުވަން ހަމަޖެހިފައިވަނީ އަންނަ މަހުއެވެ. އަދި އާއިލާ ފުށު ހުޅުވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
އާއިލާފުށްޓަކީ ރާއްޖޭގެ ރަށެއްގެ ހިތްގައިމު އިހްސާސްތައް ލިބިގެނެވޭހެން ތަރައްޤީ ކޮށްފައިވާ ރިސޯޓެކެވެ. އަދި ލޯބިގިލި ރިިސޯޓަކީ ރޮމޭންޓިކް އިހްސާސްތަކެއް ގެނުވައިދޭ ގޮތަށް ހަމައެކަނި ލޯބިވެރިންނަށް ޚާއްސަ ކޮށްގެން ތަރައްޤީ ކޮށްފައިވާ ރިސޯޓެކެވެ. އެހެންކަމުން އެ ރިސޯޓަށް ދެވޭނީ ހަމައެކަނި ލޯބިވެރިންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް