ވަކިގޮތެއް އަންގަންދެން އޮއިސްޓަރ ބްރޭންޑެއް ރާއްޖޭގައި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގައިފި

ރޯ އޮއިސްޓަރ ބްރޭންޑެއް ރާއްޖޭގައި ވިއްކުމާއި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. އެ އޮތޯރިޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "ވިބްރޯ ޕެރަހެމޮލީޓ...

22 Nov 2021 | 07:38

ރޯ އޮއިސްޓަރ ބްރޭންޑެއް ރާއްޖޭގައި ވިއްކުމާއި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "ވިބްރޯ ޕެރަހެމޮލީޓިކަސް" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއްކަމުގައިވާ އޮސްޓްރޭލިއާގެ "ކޮފިން ބޭ"ގައި އުފައްދާފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަނޭޝަނަލް" ގެ "ރޯ ޕެސިފިކް އޮއިސްޓަރ" (Magallana gigas)، ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު، ބައިނަލްއަގްވާމީ ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވޯކުން އަންގާފައިވާކަމަށެވެ.

"މި އެލާޓާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް މި އޮތޯރިޓީން ދަނީ ކުރަމުން" އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން، އެ އޮތޯރިޓީން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާކަމަށެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 އަށް ގުޅުމަށް އެދިފައިވެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް