ދަރަނިތައް އަދާކުރަން އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ އެބަހުރި: ރައީސް ނަޝީދު

ދަރަނިތައް އަދާކުރަން އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަފުޅު ދައްކަވަމުން...

22 Nov 2021 | 06:29

ދަރަނިތައް އަދާކުރަން އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ދަރަނިތައް ދެއްކުން ސަރުކާރަށް އިންތިހާއަށް އުނދަގޫކަމަކަށް ވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނީގެ ޖުމްލަ އަދަދުތަކަށް ބަލާއިރު، ދަރަނި ދެއްކޭ މިންވަރަށް ދައުލަތަށް އާމްދަނީ ނުލިބޭ ކަމަށެވެ.

" ކުރިއަށް އޮތްތަނުގައި ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެން މެނުވީ ދައުލަތަށް މިކަން ފަސޭހަ ނުވާނެ. ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓް ކޮށްފައިވާ އަދަދަށް ފައިސާ ހުރި ކަން ޔަގީންކުރުމާއި، ދަރަނި ދެއްކުމަށްފަހު ދައުލަތުގެ ޚަޒާނާގައި ފައިސާ ހުންނާނެ މިންވަރެއް ބެލުން މުހިއްމު." ރައީސް ނަޝިދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓްގެ ޖުމްލަ ދަރަންޏަކީ 9.7 ބިލިއަން ރުފިޔާ ކަމަށާއި ސަރުކާރުން ނަގާފައިވާ ލޯންތަކަށް އަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ދައްކަން ޖެހޭނެތީ، އެ އަދަދަށް ބަޖެޓްގައި ފައިސާ ހިމަނާފައިވާ ކަމަށެވެ.

އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ބޮންޑެއްގެ ބޮޑު ބައި މިއަހަރު ދައްކާފައިވީ ނަމަވެސް އަންނަ އަހަރަށް ވުރެ 2023ގައި ދަރަި ދެއްކުމަށް ކުރަންޖެހޭ ހޭދަ މާބޮޑުވާނެ ކަމަށް ވެސް ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝިދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތު ދެނެގަތުމަށް މަޖިލީހުން ރަނގަޅު ދިރާސާތަކެއް ކޮށްފައިވާ ކަމަށާއި، ދައުލަތަށްލަފާތަކެއްވެސް ދެއްވާފައިވާނެކަަމަށެވެ. ނަޝީދު ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރުން މިވަގުތަށް ވަރަށް މުހިއްމުކަމަށެވެ.

ދަރަނި ރިސްޓްރަކްޗަރ ކުރުމަކީ ދަރަނި އަދާކުރަންޖެހޭ މުއްދަތު އިތުރުކުރުމާއި ދައްކަންޖެހޭ ފައިސާގެ ޢަދަދުތައް ކުޑަކުރުމާއި ބައެއް ޢަދަދުތައް މައާފްކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް