ކްލަބް މޯލްޑިވްސް ކަޕް: އަންހެން ބައިގެ ފުރަތަމަ ދެ މެޗު އެމްޕީއެލް އާއި ޑީއެސްސީ އަށް

ރޭ ފެށި ކްލަބް ކްލަބް މޯލްޑިވްސް ކަޕުގައި ހިމެނޭ އެއިޓީން ޓަރޓީ ވުމަންސް ފުޓްސަލް ފިއެސްތާ ނުވަތަ އަންހެން ބައިގެ ފުރަތަމަ ދެ މެޗު އެމްޕީއެލް އާއި ޑީއެސްސީ އިން ކާމިޔާބުކޮށްފި އެވެ. ރޭ ކުޅުނު މި ޑިވިޝ...

22 Nov 2021 | 06:15

ރޭ ފެށި ކްލަބް ކްލަބް މޯލްޑިވްސް ކަޕުގައި ހިމެނޭ އެއިޓީން ޓަރޓީ ވުމަންސް ފުޓްސަލް ފިއެސްތާ ނުވަތަ އަންހެން ބައިގެ ފުރަތަމަ ދެ މެޗު އެމްޕީއެލް އާއި ޑީއެސްސީ އިން ކާމިޔާބުކޮށްފި އެވެ.

ރޭ ކުޅުނު މި ޑިވިޝަންގެ ފުރަތަމަ މެޗު އެންމެފަހުން ބޭއްވި ދެ މުބާރާތުގެ ވެސް ޗެމްޕިއަން އެމްޕީއެލް އިން ކާމިޔާބުކުރީ ފެނަކަ ޓީމުގެ މައްޗަށް 5-0 އިން މޮޅުވެގެން ނެވެ.

ތަށި މިލްކު ކުރުމަށް ނުކުތް އެމްޕީއެލް ގެ މައްޗަށް ކުރި ހޯދުމަށް ރޭގެ މެޗުގައި ފެނަކައިން ނުކުތީ ފިލިޕީންސްގެ ގައުމީ ލެވެލްގެ ދެ ކުޅުންތެރިންނާއެކުގަ އެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ނުވީ އެމްޕީއެލްގެ ބިދޭސީ ކީޕަރު އަޒަމް އަބާކީ ގެ މޮޅު ދިފާޢުތަކެވެ.

އޭގެ ފައިދާ އެމްޕީއެލް އިން ނަގާ އެމްޕީއެލްގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ބިދޭސީ ފޯވަރޑް މަދީނާ ފަޒިލޮވާ ޖަހައިދިން އިރު، އަނެއް ތިން ލަނޑު ކާމިޔާބު ކުރީ އާމިނަތު ޝާމިލާއާއި ފާތިމަތު ޖޫޒާން ޒަރީރު އަދި ފާތިމަތު ސާލިޔާ އެވެ.

އަންހެން ޑިވިޝަންގެ ދެވަނަ މެޗު ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިން ކާމިޔާބުކުރީ ޕޮލިސް ކްލަބާއި ވާދަކޮށް 3-1 އިން ނެވެ.

ޑީއެސްސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ފޯވަރޑް ސަބީނާ ހާތުން އެވެ. އަނެއް ލަނޑު ޖެހީ މަރްޔަމް ހިފާ އެވެ.

ޕޮލިސް ކްލަބުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކުރިން ގައުމީ ޓީމަށް ކުޅުނު ފަދުވާ ޒާހިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް